މިޒަމާނުގަ އައުދެވުމުން އޮތީ ފާފަކުރުމެއް ނޫނެވެ! ފަންސާސް ޞަޙާބީންގެ ދަރަޖަ ހޯދައި ސުވަރުގޭގެ އެއްމެ މަތީ ދަރަޖަ ހޯދަން މަސައްކަތްކުރުމެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
މިޒަމާނުގަ އައުދެވުމުން އޮތީ ފާފަކުރުމެއް ނޫނެވެ! ފަންސާސް ޞަޙާބީންގެ ދަރަޖަ ހޯދައި ސުވަރުގޭގެ އެއްމެ މަތީ ދަރަޖަ ހޯދަން މަސައްކަތްކުރުމެވެ!

ބައެއް މީހުން ދައްކާ ވާހަކަތަކުގައި ދުނިޔެއަށް އައުދެވުނު ޒަމާން ކުށްވެރިކުރެއެވެ. މިޒަމާނުގައި ދުނިޔެއަށް ފޮނުއްވެވީތީ ކަންބޮޑުވެއެވެ. ނަމަވެސް މިއިން އެއްވެސް ކަމަކީ އެއްވެސް މީހަކު ކަންބޮޑުވާން ޖެހެންވީ ކަމެއް ނޫނެވެ. 

އެހެނީ ކޮންމެ މީހަކުވެސް ﷲ ތަޢާލާ ދުނިޔެއަށް ފޮނުއްވަވަނީ އެކަންވުމަށް އެންމެ ރަނގަޅު ޒަމާނުގައެވެ. އެއީ މީސްތަކުން ކަނޑައަޅާ ކަމެއް ނޫނެވެ. އެކަން ކަނޑއަޅުއްވަވާފައިވަނީ ﷲ ތަޢާލާ އެވެ. 

އެމީހަކު ދުނިޔެއަށް ފޮނުއްވަވާ ޒަމާނުގައި ކަންކަން ހުންނާނެ ގޮތް އެންމެ މޮޅަށް ﷲ ތައާލާ ދެނެވޮޑިގެންވެއެވެ. ވީމާ މީސްތަކުންނަށް ކަންކަން ކުރެވޭނެ މިންވަރުވެސް ﷲ ތަޢާލާ ހަމަ އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ. 

ނިކަން ވިސްނައިލަބަލާށެވެ! ޞަޙާބީން އިސްލާމް ދީނުގައި ޘާބިތުވެވަޑައިގެންނެވި މިންވަރަށް ފަހުޒަމާނުގައި މީހަކު އިސްލާމް ދީނުގައި ޘާބިތުވެއްޖެނަމަ އެމީހެއްގެ ދަރަޖަ މަތިކުރައްވަވައެވެ. ކުރީޒަމާނުގައި އުޅުއްވެވި 50 ޞަޙާބީންނާއި އެއްވަރަށެވެ. 

އެއީ ފަހުޒަމާނުގައި ފާފަކުރަން ފަސޭހަވެގެންދާނެތީއެވެ. ހަވާނަފްސް އެދޭ ކަންކަން ނުކޮށް ހުންނަން އުނދަގޫވެގެންދާނެތީއެވެ. މިއަދު މިވަނީ އެޒަމާން އަހުރެމެންނާއި ބައްދަލުކޮށްފައެވެ. މިޘާލަކަށް ބަލާނަމަ ފާފައެއް ނުކޮށް ހުރުމަކީ ކުރަން ވަރަށް ދަތި އުނދަގޫކަމަކަށްވެފައެވެ. ހަވާނަފްސް އެންމެ ބޮޑަށް އެދޭ ކަންކަން ކުރަން ލިބޭ ދަޢުވަތު ގިނަވަމުން ގޮހެވެ. 

މިއަދު ޒިނޭކުރަން ބޭނުންވުމުން ތިމާއާއިއެކު އެކަންކުރާނެ މީހަކު ހޯދަން އުޅޭކަށް ނުޖެހެއެވެ. އަތުގައި އޮންނަ ފޯނަށް ދަޢުވަތުލިބެއެވެ. ތިމާ ބޭނުންވުމުން ބޭނުންވައްއްތަރެއްގެ އަންހެނަކަށް ނުވަތަ ފިރިހެނަކަށް ދަޢުވަތުދެއެވެ. ކުރީ ޒަމާނުގައި (ކާފިރުންވެސް) ޒިނޭކުރާ އަންހެނުން މުޖުތަމަޢުން ބަލައިނުގަންނާތީ އެމީހުންނަށް ތިބެންޖެހެނީ ރަށްބޭރުގައި ފޭލިގެ ތަކުގައެވެ. މިއަދެ އެއީ ދިރިއުޅޭ ގެތަކުގައި ޢާންމުކޮށް ކުރާ ކަމަކަށް މިވަނީ ވެފައެވެ. 

މިދުވަސް އަންނާނެކަން ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ. ބޮޑެތި ފާފަތައް ކުރެވޭނެމަގު މިހައި ފަސޭހަވެގެންދާނެކަންވެސް ދެނެވޮޑިގެންވެއެވެ. މިޒަމާނުގައި ﷲ ތަޢާލާއަށް ބިރުވެތިވެ ފާފަނުކޮށް ހުރުމުން ދެއްވަވާ ޘަވާބު އެހައި ބޮޑުވެގެންދަނީ މިފަދަ ސަބަބުތަކަށްޓަކައެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

 

މިއަދު އޮންލައިން