ކިޔަން އެންމެ ފަސޭހަވެފައި އެންމެ ކުރު ޛިކުރު- އެންމެ ބޭނުން 3 ކަންތައް ޙާޞިލްވާ ޛިކުރު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ކިޔަން އެންމެ ފަސޭހަވެފައި އެންމެ ކުރު ޛިކުރު- އެންމެ ބޭނުން 3 ކަންތައް ޙާޞިލްވާ ޛިކުރު!

ދޫމައްޗަށް އެހައިމެ ފަސޭހައެވެ. ކިޔުމުން ހާޞީލްވާން ހުރި ކަންކަމުގެ ތެރެއިން 3 ކަމަކީ ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ބޭނުންވާނެ 3 ކަންތަކެވެ.

1 އަތްމަތި ތަނަވަސްވެ، 2 ދަތިތަކުން ސަލާމަތްވެ، 3 ފާފަތައް ފުހެވުމަށް އެދިގެން ގިނަގިނައިން ކިޔަންވީ:

އަސްތަޣްފިރުﷲ

މާނައީ: "މިއަޅާގެ ފާފަ ފުއްސަވައި ދެއްވުން އެދި الله އަށް ދަންނަވަމެވެ."

މައްސަލައަކަށްވެގެން މިއަދު މިއުޅެނީ ކޮންމެ ދުވަހަކު އެންމެ 70 ނުަވަތަ 100 ފަހަރު ކިޔާލަން އޮތް މިޛިކްރު ކިޔައިލާނެ ވަޤުތެއްވެސް ނުވާކަމެވެ. އެކަމަކު މައްސަލަތައް ޙައްލުވާންވެސް ބޭނުންވެއެވެ. ފާފަތައް ފުއްސަވައިދެއްވަވަންވެސް ބޭނުންވެއެވެ. އެދޭ ކަންކަން ޙާޞިލްވާންވެސް ބޭނުންވެއެވެ.

ނިކަން ބުނެބަލާށެވެ! މިހައި ބޮޑަށް ކަންނެތްވެގެން ޢާޚިރަތް ހޯދޭނީ ކިހިނަކުން ހެއްޔެވެ؟ ހީވާގިވެލަމާ ހިނގާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން