މައިން ބަފައިންނަށްޓަކައި ސަޖިދައިގަ އޮވެ ކުރެވިދާނެ ކުރު ދުޢާއެއް – ޤުރްއާނުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 5ސ
މައިން ބަފައިންނަށްޓަކައި ސަޖިދައިގަ އޮވެ ކުރެވިދާނެ ކުރު ދުޢާއެއް – ޤުރްއާނުން

ސަޖިދައިގައި އޮވެގެން މައިންބަފައިންނަށްޓަކައި ކުރެވިދާނެ ކުރު ދުޢާއަކަށް ކިޔުންތެރިން އެދިވަޑައިގަންނަވައެވެ. 

ޤުރްއާނުގައި މިދުޢާ ވިދާޅުވުން ކީއްތޯއެވެ؟ އަދި މީގެ އިތުރުން ހަމަ ދިވެހިބަހުން ވެސް ބޭނުންފުޅު ޢިބާރާތަކުން ދުޢާކުރައްވާށެވެ! ހުރިހާ އެންމެންގެ ހުރިހާ ބަސްތަކެއް ﷲ ތައާލާ އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ.

އަލްއިސްރާ ސޫރަތުގެ 23-24 ވަނަ އާޔަތް: 

(وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا ۚ إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُل لَّهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا ﴿٢٣﴾ وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُل رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا) 

މާނައަކީ: "އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް أُف ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ! އަދި އޯގާވެރިވުމުގެގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު، އެދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް رحمة ލައްވައިފާނދޭވެ!". 

(ދުޢާ: رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا)

 

 

 

 

މިއަދު އޮންލައިން