މީހުންގެ ސަމާލުކަން ހޯދަން ސޯޝަލްމީޑިއާގައި ތީރުތައް ދޫކުރަމުންދިއަ ޒުވާން އަންހެނަކު އިސްލާމްވެ ރޭއަޅުކަންކޮށް ދުޢާކުރާ އަންހެނަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
މީހުންގެ ސަމާލުކަން ހޯދަން ސޯޝަލްމީޑިއާގައި ތީރުތައް ދޫކުރަމުންދިއަ ޒުވާން އަންހެނަކު އިސްލާމްވެ ރޭއަޅުކަންކޮށް ދުޢާކުރާ އަންހެނަކަށް!

މީހުންގެ ސަމާލުކަން ހޯދަން ސޯޝަލްމީޑިއާގައި ތީރުތައް ދޫކުރަމުންދިއަ ޒުވާން އަންހެނަކު ދާދިފަހުން ޢާންމުކުރި ވީޑިއޯއެއްގައި ވަރަށް މަޑުމަޑު އަޑަކުން ވާހަކަދައްކަމުން ބުނެފައިވެއެވެ. 

އަހުރެންގެ ޢުމުރަކީ 30 އަހަރެވެ. އެއިގެ ތެރެއިން 10 އަހަރު ހޭދަކުރެވުނީ އެއްވެސް ދީނެއް ޤަބޫލުކުރާ މީހެއްގެ ގޮތުގައެވެ. ރޭގަނޑު ހޭލައިހުރެގެން ކުރި މަސައްކަތަކީ އެހެން މީހުންގެ ސަމާލުކަން އެންމެ ބޮޑަށް ލިބޭނެފަދަ ވީޑިއޯ ކްލިޕްތައް އުފައްދައި ހާމަކުރުމެވެ. 

އެކަމަކު ބުނަން ހެއްޔެވެ؟ ގޭގެ އެންމެން ނިދުމުން މިރޭ އަހުރެން ހޭލައި މިހުރީ އެބާވަތުގެ ވީޑިއޯ އުފައްދާކަށް ނޫނެވެ. މަޑުމަޑުން މިވާހަކަދައްކަނީ މީހަކު ހޭލައިފާނެތީއެވެ. އަހުރެން ކުރަން ބޭނުންވާ ކަންތައްތަކަކަށް ހުރަސް އަޅައިފާނެތީއެވެ. 

ބުނަންހެއްޔެވެ؟ އަހުރެން މިހުރީ އިސްލާމްވެގެންނެވެ. އަހުރެން އިސްލާމްވުމަށް މެދުވެރިވި ސަބަބަކީ ފަލަސްޠީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކެވެ. އަހުރެން ދިރާސާކުރަން މަސައްކަތްކުރީ މަތިމައްޗަށް ބޮންއަޅައި ޝަހީދުކުރަމުން ގެންދާއިރުވެސް އެމީހުންގެ ހިތްވަރަށް ބަދަލު ނުއަންނަ ސަބަބެވެ. 

އަހުރެން ޤުރްއާނުގެ ތަރުޖަމާ ކިޔުމުން އެނގުނު ކަމަކީ މީގެ 1400 އަހަރުކުރިން، ސައިންސްވެރިއަކު ދުނިޔޭގައި ނުވެސް ނެތް ޒަމާނެއްގައި ލިޔެވިފައިވާ އެފޮތުގައި އެހެރަ ވާހަކަތަކަކީ އެއްވެސް އިންސާނެއްގެ ވިސްނުމުން ބަޔާންކުރެވޭނެ ވާހަކަތަކެއް ނޫންކަމެވެ. 

ކުރުކޮށްލާނަމެވެ. އަހުރެން މިހުރީ އިސްލާމްވެގެންނެވެ. އަހުރެން މިރޭ ހޭލައި މިހުރީ އެެހން މީހުންގެ ސަމާލުކަން ހޯދަން ކުރިން އުފެއްދިފަދަ ވީޑިއޯތައް އުފައްދާކަށް ނޫނެވެ. އަހުރެން ހާލައި މިހުރީ ރޭއަޅުކަންކުރާށެވެ! ފަލަސްޠީނުގެ ރައްޔިތުންނަށްޓަކައި ދުޢާކުރާށެވެ. 

"ޔާ ﷲ! ޣައްޒާ އާ ފަލަސްޠީނުގެ އެންމެހައި ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކުން އެމީހުން ސަލާމަތްކޮށްދެއްވަވާނދޭވެ! އެމީހުންނަށް ކާބޯތަކެއްޗާއި ބޯފެން ދެއްވަވާނދޭވެ! ބަލިމީހުންނަށް ބޭސްފަރުވާ ކުރެވޭނެ މަގު ދައްކަވާނދޭވެ!" އާމީން 

ބުނެލަންއޮތީ އިންސާނަކަށް ހެޔޮ ވިސްނުން ދެއްވަވާނެ ވަޤުތެއް ނުއެނގޭނެއެވެ. އޭނާ އެކަމަށް މަސައްކަތްކުރުމުން ތެދުމަގު ދެއްކެވީއެވެ. ޤުރްއާން އުނގެނުމުން އެކަމުގެ ފައިދާކުރީއެވެ. ޤުރްއާން އުނގެނެން މަސައްކަތްކުރާށެވެ! އެކަމުގެ ފައިދާ ދެދުނިޔޭގައިވެސް ދައްކަވާނެތެވެ. އިން ޝާ ﷲ

މިއަދު އޮންލައިން