މާމުޔާއި ކަޅުދިރި- ޝިފާ ހޯދުމުގަ ދެނެގަންނަންވީ ބައެއް ކަންކަން-: ޝައިޚް މުޙައްމަދު ހޮބްލޮސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
މާމުޔާއި ކަޅުދިރި- ޝިފާ ހޯދުމުގަ ދެނެގަންނަންވީ ބައެއް ކަންކަން-: ޝައިޚް މުޙައްމަދު ހޮބްލޮސް

ﷲ ތަޢާލާ ކަމަކަށް އަމުރުފުޅު ކުރައްވަވާފައިވާނަމަ އަދި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން ޘާބިތުވާން ހުންނަ ކަންކަމުގައި އެކަންކަމާއި ދެކޮޅަށް ދައްކާ އެއްވެސް ވާހަކައެއް ޤަބޫލުނުކުރާށެވެ! އެއީ ކިތަންމެ މޮޅު ނުވަތަ ކިތަންމެ މަތީ ޤަދަރެއް ލިބިގެންވީ މީހަކު ނަމަވެސްމެއެވެ. 

އެންމެ މަތިވެރިވަންތަކަން ލިބިގެންވަނީ ﷲ ތަޢާލާއަށެވެ. މީސްތަކުންގެ ތެރެއިން ﷲ ތަޢާލާ އެންމެ މަތިވެރިކުރެއްވެވީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައެވެ. ވީމާ ދުނިޔޭގައި ތިބި ހުރިހާ މޮޅު މީހުން އެއްވިނަމަވެސް ލިބޭނީ ކޮން މޮޅުކަމެއް ހެއްޔެވެ؟ 

ކުޑަ ޙާދިޘާއެއް ކިޔައިދޭނަމެވެ. ޞަޙާބީއަކު އޭނާގެ އަޚާ ބަލިވެއުޅޭ ވާހަކަ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ދެންނެވުމުން ޙަދީޘްފުޅު ކުރެއްވެވީ އޭނާއަށް މާމުއި ދިނުމަށެވެ. އަނެއްދުވަހު ދެންނެވީ މާމުއި ދެއްވައިފިން ކަމަށާއި ރަނގަޅު ނުވާ ކަމަށެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރެއްވެވީ މާމުއި ގިނައިން ދިނުމަށެވެ. ދެވަނަ ދުވަހު ވަޑައިގެން ދެންނެވީ ޝިފާ ލިބިއްޖެ (ނުވަތަ ލިބެން ފަށައިފި) ކަމަށެވެ. 

ޔަޤީންކުރަންވީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަކިގޮތަކަށް ކަމެއް ކުރަން ޙަދީޘްފުޅު ކުރައްވަވާނީ އެކަމަކުން ފައިދާކުރާނެތީއެވެ. އަދި ފައިދާކުރާނެކަން އެނގިވަޑައިގަންނަވާތީއެވެ. އެނގިވަޑައިގަންނަވަނީ ﷲ ތަޢާލާ އަންގަވައިދެއްވެވުމުންނެވެ. 

މިވާހަކަ ދެއްކީމާ މީހަކު ބުނެފާނެއެވެ. މާމުއިގައި ހަކުރުހުރެއެވެ. ވީމާ ކޮންމެ ބައްޔަކަށް މާމުއިދޭންވީ ހެއްޔެވެ؟ ޖަވާބަކީ ނޫނެކެވެ. އެއްގޮތަކަށްވެސް އެގޮތަށް ނުވިސްނާށެވެ. ޔަޤީންކުރަންވީ މާމުއިގައި ޝިފާ ލައްވަވާފައިވާ ކަމެވެ. އަދި އެޞަޙާބީއަށް އެގޮތަށް ޙަދީޘްފުޅު ކުރައްވަވާނީ އެ ބަލި މީހާއަށް އެއިން ޝިފާ ލިބޭނެކަން ޔަޤީންވެވަޑައިގަންނަވާތީ ކަމެވެ.

އެފަދަ ސުވާލުތައް ނެރޭ މީހުންނަށް ބުނެލަން އޮތީ މަރުބަލި ފިޔަވައި ހުރިހާ ބައްޔަކަށް ޝިފާއެއް ކަމުގައި އޮތީ ކަޅުދިރިއެވެ. ކަޅުދިރި ބޭނުން ކުރުމުން އެއްވެސް ބައްޔަކަށް ގޯސްވާކަން އަދި މިހައިތަނަށް ހޯދިފައެއް ނެތެވެ. އިން ޝާ ﷲ. ނުވެސް ހޯދޭނެއެވެ. ހޯދޭނެނަމަ ޙަދީޘްފުޅުގައި އެގޮތަކަށް ނުއޮތީހެވެ. ވީމާ އަހުރެމެންނަށް ޖެހޭނީ މިކަންކަން ދަސްކުރާށެވެ! ވާހަކަ ދައްކަންވާނީ އެނގިތިބެގެންނެވެ. 

- މަޢުލޫމާތު: ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން

މިއަދު އޮންލައިން