ފިތުނަ އުފައްދަންވެސް އަދި ގެއްލުންދޭންވެސް ޝައިޠޯނާ ގެއާއި ކައިރިވިޔަނުދީ ދުރުކުރެވެން އޮތް ފަސޭހަ މަގު-

ކިޔުމަށް ހޭދަވާނީ 2މ 58ސ
ފިތުނަ އުފައްދަންވެސް އަދި ގެއްލުންދޭންވެސް ޝައިޠޯނާ ގެއާއި ކައިރިވިޔަނުދީ ދުރުކުރެވެން އޮތް ފަސޭހަ މަގު-

ޢާއިޝަތު ރަފާޙް ޢަލީ

 

· ޝައިޠާނާ ގެއަށް ވަނުމުން ދުރުކޮށްދޭ:       

ކޮންމެ ދުވަހަކު ބަޤަރާ ސޫރަތް ކިޔެވުމުގެ ބަރަކާތްތަކުގެ ތެރޭގައި ގެއަށް ޝައިޠާނާ ވަނުމުން ދުރުކޮށްދެއްވެވުން ހިމެނެއެވެ.  ސުންނަތުން ޘާބިތުވާ ގޮތުގައި ކޮންމެ ދުވަހަކު އެގެއެއްގައި ބަޤަރާ ސޫރަތް ކިޔަވާނަމަ ޝައިޠާނާ އެގެއަކަށް ވަނުމުން ދުރުކޮށްދެއެވެ. 

އަބޫހުރައިރާ ރަޟިޔަ ﷲ ރިވާކުރައްވާފައިވެއެވެ. ރަސޫލާ މުޙައްްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ. 

لا تجعلوا بيوتكم مقابرًا، إن الشيطان ينفر من البيت الذي تُقرأ فيه سورة البقرة

މާނައީ: "ތިޔަބައިމީހުން، ތިޔަބައިމީހުންގެ ގެތައް ޤަބުރުތައް ކަމުގައި ނަހަދާށެވެ. ހަމަކަށަވަރުން އެގެއެއްގައި ބަޤަރާ ސޫރަތް ކިޔަވާނަމަ އެގެއަކާއި ދުރަށް ދުވެ ޝައިޠޯނާ ފިލާނެއެވެ." 

އެހެން ޙަދީޘެއްގައި ވެއެވެ. 

«إِنَّ اللهَ تعالى كَتَبَ كِتَابًا قَبْلَ أَنْ يخْلُقَ السَّمَاوَاتِ وَالأَرْضَ بِأَلْفَيْ عَامٍ، وَهُوَ عِنْدَ الْعَرْشِ وَأنه أَنْزَلَ منه آيَتَيْنِ خَتَمَ بِهِمَا سُورَةَ الْبَقَرَةِ، ولا يُقْرَآنِ فِي دَارٍ ثَلاثَ لَيَالٍ، فَيَقْرَبَهَا شَيْطَانٌ» 

މާނައީ: “ހަމަކަށަވަރުން އުޑުތަކާއި ބިން ޚަލްޤުކުރެއްވުމުގެ ދެހާސް އަހަރު ކުރިން ﷲ ތަޢާލާ ލިޔުމެއް ލިޔުއްވެވިއެވެ. އެ ލިޔުންވަނީ ޢަރުޝިކޮޅުގެ ކައިރީގައެވެ. އަދި ހަމަކަށަވަރުން އެއިލާހު އޭގެން ދެ އާޔަތް ބާވާލެއްވެވިއެވެ. އެދެއާޔަތުން ސޫރަތުލްބަޤަރާ ނިންމެވިއެވެ. ތިން ރޭ ވަންދެއް އެ ދެއާޔަތް ކިޔަވައިފި ގެއަކާ ފަހެ ޝައިޠާނާ ގާތްނުވާ ހުއްޓެވެ.”

އެހެންކަމުން ޝައިޠާނާ ގެއިން ދުރުކުރުމަށްޓަކައި ބަޤަރާ ސޫރަތް ކޮންމެ ދުވަހަކު ކިޔެވުމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. 

·  ޙަޔާތައް އުފާވެރިކަން ލިބިގެންދޭ:·        

ކޮންމެ ދުވަހަކު ބަޤަރާ ސޫރަތް ކިޔެވުމުގެ ފައިދާތަކުގެ ތެރޭގައި، ޙަޔާތަށް ބަދަލުތައް އައިސް، އުފާވެރިކަން ލިބިގެންދެއެވެ. އެ ސޫރަތް ކިޔެވުމުގެ ސަބަބުން ހިތަށް އުފާވެރިކަން ލިބި، ހަމަޖެހުން ލިބި، ކަންކަން ކުރަން ފަސޭހަވެގެންދެއެވެ.

މިއަދު އޮންލައިން