ސުލައިމާނުގެފާނު އެއްރޭ ނުވަދިހަ އަނބިންނާ އެއްދާން ކުރެއްވެވުމުން އިންސާނެއްގެ ފަޅިއެއް ލިބިވަޑައިގެންނެވި ސަބަބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ސުލައިމާނުގެފާނު އެއްރޭ ނުވަދިހަ އަނބިންނާ އެއްދާން ކުރެއްވެވުމުން އިންސާނެއްގެ ފަޅިއެއް ލިބިވަޑައިގެންނެވި ސަބަބު-

ސުލައިމާން ޢަލައިހިއްސަލާމް އެއް ދުވަހަކު ވިދާޅުވިއެވެ. 

"މިރޭ ތިމަންކަލޭގެފާނުގެ 90 އަނބިންނާއި ރޭކުރައްވާ ހުށީމެވެ. އެއިން ކޮންމެ އަންހެނަކުވެސް ﷲ ގެ މަގުގައި ޖިހާދު ކުރާނެ ކުއްޖަކު ވިހާނެއެވެ." 

އެހިނދުގައި އެކަލޭގެފާނުގެ ޞާޙިބް "އިންޝާﷲ" ބުނުމަށް ހަނދާންކޮށްދެއްވި ނަމަވެސް ސުލައިމާން ޢަލައިހިއްސަލާމް އެގޮތަށް ވިދާޅެއް ނުވެއެވެ. 

ސުލައިމާން ޢަލައިހިއްސަލާމް 90 އަނބިކަނބަލުންނާއި އެއްރޭ އެއްދާން ކުރެއްވިނަމަވެސް ލިބިވަޑައިގަތީ އިންސާނެއްގެ ފަޅިއެކެވެ." 

މިގޮތަށް މިކަން މެދުވެރިވީ، އިންސާނާ އަކީ ﷲ ގެ ޙަޟްރަތުގައި ކިތަންމެ މާތް މީހަކަށްވީ ނަމަވެސް، ﷲ ގެ އިރާދަފުޅާއި ނުލާ އެއްވެސް ކަމެއް ނުވާނެކަން ބަޔާން ކޮށްދެއްވުމަށެވެ. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ލިޔުއްވާފައިވާ އަލްކަހްފި ސޫރަތުގެ ތަރުޖަމާއާ ތަފްސީރު ފޮތުން

މިއަދު އޮންލައިން