ކިތަންމެ ގިނަ ރޭތަކެއްގެ ނިދި ނަގާލިޔަސް މައްސަލަ ޙައްލެއް ނުވާނެ! ތަޤްދީރު ބަދަލުކޮށްލެވޭނެ ހަތިޔާރުގެ ބޭނުންހިފާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ކިތަންމެ ގިނަ ރޭތަކެއްގެ ނިދި ނަގާލިޔަސް މައްސަލަ ޙައްލެއް ނުވާނެ! ތަޤްދީރު ބަދަލުކޮށްލެވޭނެ ހަތިޔާރުގެ ބޭނުންހިފާށެވެ!

އެންމެ ގިނަ ބައަކަށް ނިދަން އުނދަގޫވާ އެންމެ ބޮޑު އެއް ސަބަބަކީ ކުރިމަތިވެފައިވާ މައްސަލަތަކެއް ނޫނެވެ. ކުރިމަތިވެދާނެ ކަމަށް ޤަބޫލުކުރެވޭ މައްސަލަތަކެވެ. މިއީ ވަރަށް ދެކޮޅު ނުޖެހޭ ކަމެކެވެ. އެހެނީ މުސްލިމުންނަކީ ކުރިމަތިވެދާނެ ކަންކަމަށް ކަންބޮޑުވާންޖެހެންވީ ބައެއް ނޫނެވެ. އަދި މުޞީބާތެއް ކުރިމަތިވިނަމަވެސް ކަންބޮޑުވާންޖެހެންވީ ބައެއް ނޫނެވެ. އެހެންކަމަށްވާއިރު ކަމެއް ކުރިމަތިވެދާނެކަމަށް ވިސްނައި ކަންބޮޑުވަން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟ 

މުސްލިމުންގެ ޢަޤީދާއަކަށް ވާންޖެހޭނީ ތިމާއަށް ކަމެއް ކުރިމަތިވާނީ ﷲ ތަޢާލާ އެކަމެއް ކުރިމަތިކުރެއްވެވުމުންކަމެވެ. އަދި ތިމާއަށް ނުއުފުލޭނެވަރުގެ ބޮޑު ތަކްލީފެއް ތިމާއަށް ކުރިމަތި ނުކުރައްވަވާނެ ކަމެވެ. މިދެކަންތައް ހިތުގެ އަޑިން ޔަޤީންކޮށްގެން ހުންނަ މީހަކަށް ކުރިމަތިވާ އެއްވެސް ކަމަކާއި ގުޅިގެން ނުނިދި ރޭގަނޑުގެ ނިދި ނަގައިލާކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ 

މީސްތަކުންނޭވެ! ކަންކަމަށް ވިސްނަން ހަދައިގެން ކިތަންމެ ގިނަ ރޭތަކެއްގެ ނިދި ނަގާލިޔަސް މައްސަލަތައް ޙައްލެއް ނުވާނެއެވެ. ކުރިމަތިވާން އޮތްކަމެއް ކުރިމަތިނުވާނެ ގޮތެއްވެސް ނުހެދޭނެއެވެ. ރޫޅެން އޮތް ކައިވެންޏެއް ނުރޫޅޭނެ ގޮތެއްވެސް ނުހެދޭނެއެވެ. 

އެކަމަކު ބުނަންހެއްޔެވެ؟ ތަޤްދީރުވެސް ބަދަލުކުރައްވަވާނެ ޢަމަލު އެނގެން އެބައޮތެވެ. އެއީ ފިކުރު ބޮޑުވެ ނުނިދާ ހޭލައިހުރުމެއް ނޫނެވެ. ބޭސްކައިގެން ނުވަތަ މަސްތުވެގެން ނިދުމެއްވެސް ނޫނެވެ. އެއީ ދުޢާއެވެ. 

ކަންބޮޑުވުން އިތުރުވާވަރަކަށް ސަޖިދަކުރުން ގިނަކުރާށެވެ! ރޭއަޅުކަންކުރުން އިތުރުކުރާށެވެ! ދުޢާކުރުން ގިނަކުރާށެވެ! ޔަޤީންކަމާއިއެކު ބުނަމެވެ. އެއިރުން ކަންކަން ޙައްލުވެގެންދާނީ ތިބާއަށް އެންމެ ފައިދާކުރާނެ ގޮތަށެވެ. އެކަން ޔަޤީނެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން