ތިބާގެ ފޭރާމަކީ ކިތަންމެ އާދައިގެ ފޭރާމެއް ނަމަވެސް އެއިގެ ވިދުވަރު އުޑުތަކަށް ފޯރާނެ މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ތިބާގެ ފޭރާމަކީ ކިތަންމެ އާދައިގެ ފޭރާމެއް ނަމަވެސް އެއިގެ ވިދުވަރު އުޑުތަކަށް ފޯރާނެ މަގު-

އަންހެނުން ބޮޑުހެދުންލައި އަދި ޙިޖާބްއަޅަނީ އެއީ ކުރަން ފަސޭހަކަމަކަށްވެގެނެއް ނޫނެވެ. އަދި އެއީ ލާން އެމީހަކަށް އެންމެ ރީތި ފޭރާންކަމުގައި ނުވެދާނެއެވެ. އެހެން ކަމާއިއެކުގައިވެސް ބޮޑުހެދުންލައި ޙިޖާބް އަޅަނީ އެއީ އޭނާ ހުރުމަށް ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިގަންނަވާ ސިފަ ކަމުގައިވާތީއެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށެވެ. 

އަހުރެން ބުނަން ބޭނުންވަނީ ފޭރާން ލުމުގައި ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން ބުރަ އުފުލުމުން މަޤްޞަދު ޙާޞިލްވީހެއްޔެވެ؟ ތިމާކުރަންޖެހޭ ޢަމަލުތައް ކުރުން ކޮބައިހެއްޔެވެ؟ އެފޭރާންލައިގެން ތިމާގެ އަޚްލާޤުން ދައްކައިދޭންޖެހޭ ރިވެތިކަން ކޮބައިހެއްޔެވެ؟ 

އެކުވެރި އުޚުތުންނޭވެ! ލާފޭރަން ވަރަށް މުހިންމެވެ. ފޭރާންލާ ގޮތްވެސް އެހައިމެ މުހިންމެވެ. އެހެނަސް އެއީ ބޭރުފުށެވެ. އެތެރެކޮބައިހެއްޔެވެ؟ ހިތް ކޮބައިހެއްޔެވެ؟ ގުނަވަންތަކުން ކުރާ ޢަމަލުތައް ކޮބައިހެއްޔެވެ؟ 

މިޘާލަކަށް ދޫރައްކައުތެރިކުރެވޭހެއްޔެވެ؟ އެހެން މީހުންނަށް ޙަސަދަނުލައި ހުރެވޭ ހެއްޔެވެ؟ އެކުވެރިންގެ ޙައްޤުތައް އަދާކުރެވޭ ހެއްޔެވެ؟ ނަމާދުތަކަށް ރައްކައުތެރިވެވޭ ހެއްޔެވެ؟ ޛިކުރުކުރެވޭ ހެއްޔެވެ؟ 

ބުނެލަން ބޭނުންވަނީ ޙިޖާބް އެޅުމަކީ (ﷲ ތަޢާލާ އަންގަވާފައިވާ ވަރަށް ނިވާވުމަކީ) ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. ހަމައެފަދައިން ތިމާ ކޮންމެހެން ކުރަންޖެހޭ ހެޔޮ ޢަމަލުތައްކުރަންވެސް ސަމާލުކަންދޭށެވެ. ދޫރައްކައުތެރިކުރާށެވެ! ތިމާގެ ސަބަބުން ކިތަންމެ ކުޑަ ނަމަވެސް ފިތުނައެއް އުފެދުނަ ނުދޭށެވެ! އެކަންކަން ކުރެވޭނަމަ ތިބާގެ ފޭރާމަކީ ކިތަންމެ އާދައިގެ ފޭރާމެއް ނަމަވެސް އެފޭރާމުގެ އޮފް، ވިދުވަރު އުޑުތަކަށް ފޯރާނެއެވެ. މަސައްކަތްކުރަންވީ އެކަމަށެވެ! 

- މުސްލިމާގެ ދަރުސަކުން

މިއަދު އޮންލައިން