ބަޤަރާ ސޫރަތާ އާލް ޢިމްރާން ސޫރަތް ކޮންމެ ދުވަަހަކު ކިޔެވުމުން ލިބޭ ފައިދާ -

ކިޔުމަށް ހޭދަވާނީ 2މ 37ސ
ބަޤަރާ ސޫރަތާ އާލް ޢިމްރާން ސޫރަތް ކޮންމެ ދުވަަހަކު ކިޔެވުމުން ލިބޭ ފައިދާ -

ޢާއިޝަތު ރަފާޙް ޢަލީ

 

· ބަޤަރާ ސޫރަތް ކިޔަވާ މީހަކަށް ޤިޔާމަތް ދުވަހުން ޝަފާޢަތް ލިބިގެންދޭ: 

ރަސޫލާ މުޙައްމަދު ޞައްލަ ﷲ އަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ. 

اقْرَؤُوا القُرآنَ؛ فإنَّه يأتي شافِعًا لأصحابِه، اقْرَؤُوا الزَّهْراوَينِ: البَقَرةَ وآلَ عِمرانَ؛ فإنَّهما يأتيانِ يَومَ القيامةِ كأنَّهما غَمامَتانِ أو غَيايَتانِ أو فِرقانِ من طَيرٍ صَوافَّ تُحاجَّانِ عن صاحِبِهما، اقْرَؤُوا البَقَرةَ؛ فإنَّ أخذَها بَرَكةٌ، وتَرْكَها حَسرَةٌ، ولا تَستطيعُها البَطَلَةُ. 

މާނައީ: ތިޔަބައިމީހުން ކީރިތި ގުރްއާން ކިޔަވާށެވެ. ފަހެ ހަމަކަށަވަރުން އޭގެ (އެބަހީ: އެގުރްއާނުން) އަހުލުވެރިންނަށް، ގިޔާމަތް ދުވަހު (ގުރްއާން) ޝަފާޢަތްތެރިވާނެއެވެ. އަދި ތިޔަބައިމީހުން ޒަހްރަވާއިން (މާނައީ: ދެނޫރު) ކަމުގައިވާ، ބަޤަރާ ސޫރަތާއި އާލްޢިމްރާން ސޫރަތް ކިޔަވާށެވެ. ޤިޔާމަތް ދުވަހު އެދެސޫރަތް ދެ ވިލާގަނޑު ފަދައިން ނުވަތަ ދެ ހިޔާވެއްސެއް ފަދައިން ނުވަތަ ފިޔަތައް ފަތުރާލައިގެންވާ ދޫނީގެ ދެ ޖަމާޢަތެއް ފަދައިން، އޭގެ އަހުލުވެރިން ދިފާޢުކުރަމުން އަންނާނެއެވެ. އަދި ތިޔަބައިމީހުން ބަޤަރާ ސޫރަތް ކިޔަވާށެވެ. ފަހެ އޭގައި ހިފުމަކީ ބަރަކާތެކެވެ. އަދި އެ ދޫކޮށްލުމަކީ ހިތާމައެކެވެ. އަދި ބާޠިލްގެ އަހުލުވެރީންނަށް (އެސޫރަތުގެ އާޔަތްތައް ކިޔަވާ، އެއާޔަތްތަކުގެ މާނައާއި މެދު ވިސްނާ ފިކުރު ކުރުމަށް) ކުޅަދާނަކަމެއް ނުވެއެވެ. 

އެގޮތުން ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ކޮންމެ ދުވަހަކު ކީރިތި ޤުރްއާން ކިޔެވުމަށް ބާރު އެޅުއްވެވިއެވެ.  ސަބަބަކީ ޤިޔާމަތް ދުވަހުން ޤުރްއާން އެމީހަކަށް ޝަފާޢަތްތެރިވާނެތީއެވެ. އަދި ބަޤަރާ ސޫރަތާއި އާލް ޢިމްރާން ސޫރަތުގެ އަޖުރު ބޮޑުވުމުގެ ސަބަބުން އެދެ ސޫރަތް ޚާއްޞަ ކުރެއްވެވިއެވެ.

މިއަދު އޮންލައިން