ތިބާގެ ބާރާ ނުފޫޒު ކިތަންމެ ގަދަވެފަ ކިތަންމެ ތަނަވަސް ނަމަވެސް އަނެކާއަށް ހިތްދަތިކަން ދީފައި އުފަލުގަ އުޅެވޭނެކަމަށް ހީވެސް ނުކުރާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ތިބާގެ ބާރާ ނުފޫޒު ކިތަންމެ ގަދަވެފަ ކިތަންމެ ތަނަވަސް ނަމަވެސް އަނެކާއަށް ހިތްދަތިކަން ދީފައި އުފަލުގަ އުޅެވޭނެކަމަށް ހީވެސް ނުކުރާށެވެ!: މުފްތީ މެންކް

ގިނަ ބައަކު ބުނެއެވެ! "އަހަރެންގެ ހިތް މިވަނީ ޙަލާކުވެފައެވެ!" އެހެން ބުނާ މީހުންނަށް އަހަރެންގެ ސުވާލަކީ ތިބާ ވަނީ ކިތައް މީހުންގެ ހިތް ހަލާކުކޮށްފައިހެއްޔެވެ؟ މިދައްކަނީ ހަމައެކަނި ލޯބިވެގެން އުޅެފައި ލަނޑުދިނުމުގެ ވާހަކައެއްވެސް ނޫނެވެ. އެހެން މީހުންގެ ދިރިއުޅުމަށް ގެއްލުންދިން ޢަދަދުގެވެސްވާހަކައެވެ. ފިތުނަވެރި ޥާހަކަތައް ދައްކައިގެން ކިތައް ދެމަފިރިންގެ ދިރިއުޅުން ހަލާކުކޮށްލިން ހެއްޔެވެ؟

އެއްވެސް މީހަކަށް މުޞީބާތެއް ކުރިމަތިވެއްޖެނަމަ ނުވަތަ ހިތްދަތި ޙާލަތެއް ކުރިމަތިވެއްޖެނަމަ އެމީހަކާއިއެކުގައި ﷲ ތަޢަލާ ވޮޑިގެންވެއެވެ. ވީމާ އެއީ ލިބޭ ވަރަށް ބޮޑު ނިޢްމަތެކެވެ. ހަމައެއާއިއެކު އެޙާލަތުގައި މީހާ ކުރާ ދުޢާތަކަށް މަލާއިކަތުން އާމީން ވިދާޅުވެއެވެ. އަދި އެދުޢާ ﷲ ތަޢާލާ ޢިޖާބަކުރައްވަވަތެވެ.

ވީމާ ނަމަނަމަ އެފަދަ ޙާލެއްގައި ހުރެ އެއްވެސް ނުބައި ދުޢާއެއް ނުކުރާށެވެ! ކުރެވޭ ނުބައި ދުޢާއަކަށް މަލާއިކަތުން އާމީން ވިދާޅުވެއްޖެނަމަ ދެންވާނީ ކިހިނަކުންކަމާއިމެދު ވިސްނައިލާށެވެ.

މީސްތަކުންނޭވެ! މިބަޔާންކުރިފަދަ ޙާލަތެއް ތިމާއަށް ކުރިމަތިވެއްޖެނަމަ ފުރަތަމަ ކަމަކަށްވެސް ވިސްނާލަން ޖެހޭނީ ތިމާއަށް ކުރިމަތިވެފައިވާ ޙާލަތުގައި ހުރި އެއްވެސް މީހަކަށް ތިމާއަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދެވިފައިވޭތޯއެވެ. ހަމައެއާއިއެކު ފޯރުކޮށްދެވެން އޮތް މަގަކުން އެފަދަ ޙާލުގައި ހުރި ކޮންމެވެސް މީހަކަށް އެހީތެރިވާން އަވަސްވެގަންނާށެވެ!

ކަނުލައި އަޑުއަހާށެވެ! މީސްތަކުންނަށް އެހީތެރިވުމުގައި މީހަކު ދެމިހުރިނަމަ އެމީހަކަށް އެހީތެރިވެވޮޑިގަތުމުގައި ﷲ ތަޢާލާ ދެމިވޮޑިގެން ހުންނަވަތެވެ. ވީމާ އެއިގެ އަނެއްކޮޅުވެސް އޮންނާނެކަން ޔަޤީންކުރާށެވެ! އެހެންމީހުންގެ ދިރިއުޅުމަށް ދަތިކޮށް ހިތްދަތިކުރުވާ މީހާ އުކަންކޮށްފައި އުފަލުގައި ދިރިއުޅެން ދޫކޮށްލައްވަވާނެކަމަށް ހީވެސްކޮށްގެން ނުވާނެއެވެ.

އެއީ ކިތަންމެ ބާރާއި ނުފޫޒުގަދަ މީހަކުނަމަވެސްމެއެވެ. ކިތަންމެ ފައިސާވެރި ތަނަވަސް މީހަކުނަމަވެސްމެއެވެ. އެކަން އައިސް އެމީހަކާއި އަރައިހަމަކުރާނެއެވެ. ރޮއި ކަރުނައަލަން ޖެހޭނެއެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން