މީހެއްގެ ކިބައިން ޢަޖައިބު ކުރުވަނިވި ކަމެއްފެނި، ތިމާގެ އެސްފިންނާ އެމީހަކަށް ކޮށްފާނެ ކަމުގެ ބިރު ހީވެއްޖެނަމަ، ކިޔުން އެންމެ ރަގަޅު ޛިކްރު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
މީހެއްގެ ކިބައިން ޢަޖައިބު ކުރުވަނިވި ކަމެއްފެނި، ތިމާގެ އެސްފިންނާ އެމީހަކަށް ކޮށްފާނެ ކަމުގެ ބިރު ހީވެއްޖެނަމަ، ކިޔުން އެންމެ ރަގަޅު ޛިކްރު-

ޝައިޚް ޢުޘައިމީން- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. 

( تَبَارَكَ اللهُ عَلَيْكَ) 

"މީހެއްގެ ކިބައިން ޢަޖައިބު ކުރުވަނިވި ކަމެއްފެނި، ތިމާގެ އެސްފިންނާ އެމީހަކަށް ކޮށްފާނެ ކަމުގެ ބިރު ހީވެއްޖެނަމަ، ކިޔުން އެންމެ ރަގަޅު ޛިކްރަކީ ( تَبَارَكَ اللهُ عَلَيْكَ) އެވެ. ސަބަބަކީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި އެމީހެއްގެ އެސްފިންނާ އެހެން މީހަކަށް ޖެހުނު ހިނދު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. 

(هَلَّا بَرَّكْتَ عَلَيْهِ ) މާނައަކީ: "އޭނާ އަށް ބަރަކާތް ލެއްވުން އެދި ދުޢާ ކުރިނަމަ އެވެ." 

- މަޢްލޫމާތު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން