ޢާއިލާއަށް ކޮށްދޭންޖެހޭ ކަންކަން ކޮށްނުދެވޭ ބަހަނާއަކަށް ބިޒީވުން ނުދެއްކޭނެ! އެއީ ފާފަވެރިވާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ޢާއިލާއަށް ކޮށްދޭންޖެހޭ ކަންކަން ކޮށްނުދެވޭ ބަހަނާއަކަށް ބިޒީވުން ނުދެއްކޭނެ! އެއީ ފާފަވެރިވާނެ ކަމެއް!

ބައެއް މީހުން އެމީހުންގެ ޢާއިލާއަށް ކޮށްދޭންޖެހޭ ކަންކަން ކޮށްނުދެވުމުން ސަބަބެއްކަމަށް އަޅުކަމުގައި ގިނަވަޤުތު މިސްކިތުގައި ހޭދަކުރުން ހަދައެވެ. މިއީ ވިސްނައިލަންޖެހޭ ކަމެކެވެ. 

އަޅުކަންކުރުން ގިނަކުރަންވީއެވެ. އެހެނަސް މިސްކިތުގައި އިނުން ނުވަތަ އަޅުކަމުގައި ހޭދަކުރުން މަޖުބޫރު ވަޤުތަކީ ނަމާދުކުރާ ވަޤުތެވެ. އެއިގެ އިތުރުން ދެން ހޭދަކުރާ ވަޤުތަކީ އިތުރު ޘަވާބު ހޯދަން ހޭދަކުރާވަޤުތެވެ. 

ޢާއިލާއަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދިނުމަކީވެސް އަޅުކަމެކެވެ. ޢާއިލާއަށް ކޮށްދޭންޖެހޭ ކަންކަން ކޮށްނުދެވޭނަމަ އެމީހުންނަށް ދަތިތައް ކުރިމަތިވާނެއެވެ. ޢާއިލާއަށް އެފަދަ ދަތިތައް ކުރުމަތިކުރުވުމެއް ނެތެވެ. 

މިއީ ޙައްލުކުރަން އެހައި އުނދަގޫކަމެއް ނޫނެވެ. ކުރިއާލައި މަސައްކަތްތައް އިންތިޒާމްކޮށްލާށެވެ! އެންމެ ފަހުވަޤުތުގައި ކުރަން ނުބަހައްޓާށެވެ. ޢާއިލާއަށް ކޮށްދޭންޖެހޭ ގިނަ ކަންކަމަކީ ކުރިއާލައި ކޮށްދެވިދާނެ ކަންކަމެވެ. ގެއަށް ބޭނުންވާ ކާބޯތަކެތި ހޯދައިދިނުން ފަދަ ކަންކަމަކީ ފޯރުންތެރިކަން ހުރިވަރަކުން ކުރިއަށް ކުރެވިދާނެ ކަންކަމެވެ. ވީމާ މަސައްކަތް ތަރުތީބުކޮށްލުމުން މިމައްސަލައަށް ޙައްލެއް ލިބިގެންދާނެއެވެ. އިން ޝާ ﷲ 

ވީމާ މިސްކިތުގައި ގިނަ ވަޤުތު ހޭދަކުރަން ބޭނުންވާ މީހާ އެކަމަށް ކުރިއާލައި ތައްޔާރުވާށެވެ. ޢާއިލާއަށް ބޭނުންވާނެ ކަންކަން ފުރިހަމަކޮށްދީ އެމީހުންނަށް ކަންކަން ދަތިނުވާނެ ގޮތަކަށް ކަންކަން އިންތިޒާމުކުރާށެވެ. ޢާއިލާއަށް ބޭނުންވާ ކަންކަން އެމީހުންނަށް ދަތިނުވާނެ ގޮތަކަށް އިންތިޒާމުކޮށްފައި އަޅުކަމުގައި ގިނަ ވަޤުތު ހޭދަކުރާނަމަ އެމީހަކަށް އިތުރު ޘަވާބު ދެއްވަވާނެތެވެ. 

ހަމައެއާއިއެކު ފާހަގަކޮށްލަން ޖެހޭނެ ކަމެއް އެބައޮތެވެ. ޢާއިލާއަށް ބޭނުންވާ ކަންކަން ކޮށްނުދީ ދުނިޔަވީ ކަންކަމުގައި އުޅެފައި ބިޒީވީ ކަމަށް ބުނާ ބައަކުވެސް އުޅެއެވެ. އެއިރުން އެޢަމަލުކުރެވެނީ ދީނުގައި އޮތް ގޮތަކަށް ނޫނެވެ. ﷲ ތަޢާލާއަށް އަދާކުރަންޖެހޭ އަޅުކަން އަދާކުރުން ފިޔަވައި ދެން އެންމެ ބޮޑު އިސްކަމެއް ދޭން އޮތީ ޢާއިލާއަށެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން