ހިތްދަތިޙާލުގައި ހުރެ މީސްތަކުންނަށް ހިތްހެޔޮކަމާއިއެކު މުޢާމަލާތުކުރާ މީހުންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ. ވީމާ ތިބާ ހިތްދަތިޙާލުގައި ހުރެ އެހެން މީހުންނަށް ހިތްހެޔޮކަމާއިއެކު މުޢާމަލާތުކުރުމަކީ ތިބާގެ ހިތަށް އުފާވެރިކަން މިންވަރުކުރައްވަވާ ސަބަބުކަމުގައިވުމަށް އުންމީދުކުރާށެވެ.
މީހަކު ތިބާއަށް ކިތަންމެ ބޮޑު ގެއްލުމެއް ނުވަތަ ހިތްދަތިކަމެއް ދީފައި އޮތްނަމަވެސް އެކަމުގެ ބަދަލުގައި އެއްވެސް މީހެއްގެ ހިތުގައި ޖެހޭނެ ފަދަ ކިތަންމެ ކުޑަކަމެއް ނަމަވެސް ނުކުރާށެވެ! ތިބާގެ ހިތުގެ އިޙްޞާޞްތައް އެހެން މީހުންނާއި ދިމާއަށް ނުފޮނުވާށެވެ!
ހިތަކީވެސް ﷲ ތަޢާލާގެ މިލްކްފުޅުގައިވާ އެއްޗެކެވެ. ހިތްދަތިކަން މިންވަރުކުރެއްވެވުމާއި އުފާވެރިކަން މިންވަރުކުރެއްވެވުން ވަނީ އެކަލާނގެ ޙަޟްރަތަށެވެ.
ވީމާ އެހެން މީހުންނަށް ހެޔޮކޮށް ކަންކަންކުރާށެވެ! ހެޔޮ ބަސްތައް ބުނާށެވއަނިޔާ ލިބެމުންދާ ހުރިހާ ހިތްތަކަށް އުފާވެރިކަން ދެއްވެވުމުގެ އެންމެހައި ބާރުތައް ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށެވެ. ތިބާގެ ހިތުގައި އަޅާ ވޭން ލުއިކޮށްދެއްވަވައި އުފާވެރިކަން ދެއްވެވުމަށް ﷲ ތަޢާލާގެ ޙަޟްރަތުގައި އެދިދަންނަވާށެވެ!
--މުފްތީ މެންކުގެ ދަރުސަކުން