ކިރިޔާ ކަމެއް ދިމާވާއިރަށް ރުޅިއައިސް އެކުވެރިޔާގެ ޢައިބުތައް ފަޟީޙަތްކުރާއިރު ﷲ ތިބާގެ ޢައިބުތައް ފަޟީޙަތްކުރައްވަވައިފިނަމަ ވާނެގޮތް ވިސްނޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ކިރިޔާ ކަމެއް ދިމާވާއިރަށް ރުޅިއައިސް އެކުވެރިޔާގެ ޢައިބުތައް ފަޟީޙަތްކުރާއިރު ﷲ ތިބާގެ ޢައިބުތައް ފަޟީޙަތްކުރައްވަވައިފިނަމަ ވާނެގޮތް ވިސްނޭތަ؟

ކިތަންމެ ގާތް އެކުވެރިންގެ ގޮތުގައި އުޅެފައިވެސް ހިތްހަމަނުޖެހޭ ކަމެއް މެދުވެރިވާއިރަށް ރުޅިއައިސް އެކުވެރިކަން ކަނޑާލައި އެކުވެރިޔާގެ ސިއްރުތަކާއި ޢައިބުތައް ހާމަކޮށް ބޭޒާރުކުރާ މީހުން އެކުރަނީ ވަރަށް ނުބައި ޢަމަލެކެވެ. އަދި އެކަމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބޭނީވެސް ހަމަ އެމީހަކަށެވެ. 

މީސްތަކުންގެ ޢައިބު ހާމަކުރުމުން ލިބޭ ވަގުތީ އުފަލަށްވުރެ އެކަން ނުކުރުމުން އާޚިރަތުގައި ލިބެން އޮތް އުފާ މާބޮޑުވާނެއެވެ! އިން ޝާ ﷲ. އެކަން ޔަޤީންވެގެންދަނީ އަންނަވި ހަދީޘްފުޅުންނެވެ. 

ރަސޫލާ ޙަދީޘް ކުރެއްވެވިއެވެ. "ދުނިޔޭގައި އަޅެއްގެ ޢައިބު ފޮރުވައިދީފި މީހެއްގެ ޢައިބު ގިޔާމަތް ދުވަހުގައި الله ފޮރުވާ ދެއްވާނެއެވެ." رواه مسلم 

އެކުވެރިންގެ ގޮތުގައި ތިބެން ބޭނުން ނުވާނަމަ ދުރުވެލާށެވެ! ނަމަވެސް ޙަސަދަވެރިނުވާށެވެ! މުސްލިމުންގެ މެދުގައި ބާއްވަންޖެހޭ އަޚްވަންތަކަން ކަނޑައިނުލާށެވެ. އަދި އަނެކާގެ ސިއްރުތަކާއި ޢައިބުތައް ބޭޒާރުކޮށް އޭނާ ފަޟީޙަތް ނުކުރާށެވެ! 

އެއްވެސް މީހަކީ ފުރިހަމަ މީހެއް ނޫނެވެ. ކުށްތައް ކުރެވިފައިވާނެ މީހެކެވެ. ފާފަތައް ކުރެވިފައިވާނެ މީހެކެވެ. އެހުރިހާ ކަންކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އެހެންކަމަށްވާއިރު ތިމާގެ ހުރި ޢައިބުތައް ﷲ ތަޢާލާ ފަޟީޙަތް ކުރައްވަވައިފިނަމަ ތިމާގެ ޙާލަކީ ކޮބައިހެއްޔެވެ؟ 

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން