ޢާއިޝަތު ރަފާޙް ޢަލީ
«إن الله كَتَبَ الحسناتِ والسيئاتِ ثم بَيَّنَ ذلك، فمَن هَمَّ بحسنةٍ فَلم يعمَلها كَتبها الله عنده حسنةً كاملةً، وإن هَمَّ بها فعمِلها كتبها اللهُ عندَه عشرَ حسناتٍ إلى سَبعِمائةِ ضِعْفٍ إلى أضعافٍ كثيرةٍ، وإن هَمَّ بسيئةٍ فلم يعملها كتبها الله عنده حسنة كاملة، وإن هَمَّ بها فعمِلها كتبها اللهُ سيئةً واحدةً».
މާނައީ: “ހަމަކަށަވަރުން ﷲ ތަޢާލާ ހެޔޮޢަމަލުތަކާއި ނުބައި ޢަމަލުތައް ލިޔުއްވެވިއެވެ. ދެން އެއަށްފަހު އެއިލާހު އެކަން ބަޔާންކުރެއްވެވިއެވެ. ފަހެ، ހެޔޮކަމެއްކުރުމަށް ޢަޒުމުކަނޑައަޅައި އެކަންނުކޮށްފި މީހަކަށް، ﷲ އެއިލާހުގެ ޙަޟްރަތުގައި ފުރިހަމަ ހެޔޮޢަމަލެއްގެ ގޮތުގައި ލިޔުއްވައެވެ. އަދި އެކަންކުރުމަށް ޢަޒުމުކަނޑައަޅައި އެކަންކޮށްފިނަމަ، ﷲ ޢައްޒަ ވަޖައްލަ އެއިލާހުގެ ޙަޟްރަތުގައި ދިހަ ހެޔޮކަމުން ފެށިގެން ހަތް ސަތޭކަ ގުނައަށާއި އެއަށްވުރެ އިތުރަށްވެސް އެކަން ލިޔުއްވައެވެ. އޭނާ ނުބައި އަމަލެއް ކުރަން ގަސްތުކޮށް އެކަން ނުކުރިނަމަ އެކަން ފުރިހަމަ ހެޔޮ ޢަމަލެއްގެ ގޮތުގައި މާތްالله އެކަން ލިޔުއްވައެވެ. އަދި އެކަން ކުރަން ގަސްތުކޮށް އެކަން ކޮށްފިނަމަ އެއީ އެއް ނުބައި ޢަމަލެއްގެ ގޮތުގައި މާތްالله ލިޔުއްވައެވެ.