ކައިވެނީގެ ހުރިހާ ކަންކަން ހަމަޖެހި ދެން ހުރަސް ނުއެޅޭނެކަން ޔަޤީން ނުވަނީސް އެކަން ޢާންމުކޮށް ހާމަނުކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ކައިވެނީގެ ހުރިހާ ކަންކަން ހަމަޖެހި ދެން ހުރަސް ނުއެޅޭނެކަން ޔަޤީން ނުވަނީސް އެކަން ޢާންމުކޮށް ހާމަނުކުރާށެވެ!

ބައެއް މީހުން ކުރާހައި ކަމަކާއި ކުރަން ޤަޞްދުކުރާހައި ކަންކަން ވީހާ ގިނަ ބައަކަށް އަންގަން ބޭނުންވެއެވެ. އަދި އެއީ ކާމިޔާބީ ކަމަށް ދެކެއެވެ. ނަމަވެސް ބުނަންހެއްޔެވެ؟ އެއީ އެންމެ ބޮޑެތި މޮޔައިން ނޫނީ ކުރާނެ ކަންކަމެއް ނޫނެވެ. 

ޢިލްމުވެރިން ފާހަގަކުރައްވާ ގޮތުގައި މީސްތަކުންނަށް އަންގަން ޖެހޭނީ އެކަމެއް އިޝްތިހާރުކުރުމުން ފައިދާކުރާނެ ކަންކަމެވެ. މުދައު ވިއްކުން ފަދަ ކަންކަމެވެ. ތިމާ ކުރާ، ކުރަން ބޭނުންވާހައި ކަންކަން އިޝްތިހާރުކުރުމެއް ނެތެވެ. 

ބައެއް ޢިލްމުވެރިން ވިދާޅުވަނީ ދިރިއުޅުން ކާމިޔާބުކުރެވޭނީ ކޮންމެހެން ހާމަކުރަން ޖެހޭ ކަންކަން ނޫނީ ހާމަނުކޮށް ފޮރުވިގެންހުރެ ނުވަތަ ސިއްރުކޮށްގެންހުރެ ކަންކަން ކުރަމުން ކުރިއަށްދާން މަސައްކަތްކުރާ މީހަކަށެވެ. 

ވާދަވެރިއަކަށްވާނީ ކާކުކަމެއް ނުއެނގޭނެއެވެ. ޙަސަދަލާނީ ކާކުކަމެއްވެސް ނުއެނގޭނެއެވެ. އަދި އެކަމަށް ހުރަސް އަޅާނީ ކާކުކަމެއްވެސް ނުއެނގޭނެއެވެ. އެހެންވެ ޢިލްމުވެރިން ވިދާޅުވަނީ ކައިވެނިކުރަން އުޅޭއިރު އެކަންވެސް ޢާންމުކޮށް ހާމަކުރަންވާނީ އެކަން އެނގުނަސް ހުރަސް ނުއެލޭނެ ހިސާބަށް ކަންކަން ކުރިއަށް ގެންގޮސްފައި ކަމަށެވެ. ކައިވެނީގެ ޙަފްލާ ބާއްވަން އޮތީ ކައިވެނިކުރުމަށްފަހުގައެވެ. ކުރިއަކުން ނޫނެވެ. އެއީ ސަބަބުތަކެއް ހުރުމުންނެވެ. 

ދުނިޔެ މިވަނީ ބަދަލުވެފައެވެ. މީސްތަކުންގެ ވިސްނުން މިވަނީ ބަދަލުވެފައެވެ. ޢަދާވާތްތެރިން ދެނެގަނެވޭނެ ގޮތެއް ނެތެވެ. ޢަދާވާތްތެރިން އެންމެ ގިނައީ އެންމެ ގާތް އެކުވެރިންގެ ތެރޭގައެވެ. ޤަބޫލުކުރަން ކިތަންމެ އުނދަގޫ ނަމަވެސް މިއީ ޙަޤީޤަތެވެ. ސަލާމަތްކަމާއި ކާމިޔާބީ ގުޅިފައިވަނީ ޙަޤީޤަތް ޤަބޫލުކުރުމާއިއެވެ.

 

- އަލަފް / މިއަދުނޫސް 

 

 

މިއަދު އޮންލައިން