އެމީހެއްގެ ކިބައިގަ މިސިފަތައް ހުރިނަމަ އެމީހަކު ނިކަމެތި ނުކުރައްވަވާނެ! އިން ޝާ ﷲ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
އެމީހެއްގެ ކިބައިގަ މިސިފަތައް ހުރިނަމަ އެމީހަކު ނިކަމެތި ނުކުރައްވަވާނެ! އިން ޝާ ﷲ: މުފްތީ މެންކް

އަހުރެމެންނަށް މިއަދު މިވާގޮތަކީ ކިތަންމެ ކުޑަކުޑަ ކަމެއް ކުރިމަތިވިނަމަވެސް ކަންބޮޑުވެވި ﷲ ތަޢާލާގެ ރަޙްމަތް ތިމާއަށް އެބައޮތް ކަމާއިމެދު ޝައްކުކުރެވެނީއެވެ. އެހެން އެވަނީ ތިމާއަށް މިހުރެވޭ ޙާލަތު ތިމާއަށް ޤަބޫލުނުކުރެވޭތީއެވެ. ތިމާއަކީ ﷲ ތަޢާލާގެ ރަޙްމަތް ލިބިގެންހުރި މީހަކު ކަމަށް ޤަބޫލުނުކުރެވެނީއެވެ. އެއީ ތިމާއަށް ކަންކަން ކުރެވޭ ގޮތުންނެވެ. 

ﷲ ތަޢާލާ އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފުރަތަމަ ވަޙީ ބާވައިލެއްވެވުމުން ކަންބޮޑުވެވަޑައިގެން އެވާހަކަ ޚަދީޖަތުގެފާނަށް ދެންނެވިހިނދު ޚަދީޖަތުގެފާނު ވިދާޅުވި ބަސްފުޅު ހަނދުމަކުރާށެވެ. 

އެކަމަނާ ވިދާޅުވީ ﷲ ތަޢާލާ އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ދެރަގޮތެއް އިރާދަ ނުކުރައްވަވާނެ ކަމަށެވެ. ނިކަމެތި ނުކުރައްވަވާނެ ކަމަށެވެ. އެކަމުގެ ސަބަބުތައްވެސް ވިދާޅުވިއެވެ. އެއީ އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ ރަޙިމުގެ ގުޅުން ދަމަހައްޓަވާ، ތެދުވެރި އަމާނާތްތެރި، ދަތިޙާލުގައިވާ ނިކަމެތިންނަށް އެހީތެރިކަން ފޯރުކޮށްދެއްވަވާ، މެހްމާނުންނަށް ކަމޭ ހިއްތަވައި އަދި މުޞީބާތްތައް ކުރިމަތިވާ މީހުންނަށް އެހީތެރިވެދެއްވާ ބޭކަލަކަށްވާތީ ކަމަށެވެ.  

ކަދީޖަތުގެފާނުގެ މިބަސްފުޅުތަކުން އެނގިގެންދަނީ އެމީހެއްގެ ކިބައިގައި މިސިފަތައް ހުރިނަމަ އެމީހަކަށް ދެރަގޮތެއް ﷲ ތަޢާލާ އިރާދަނުކުރައްވަވާނެ ކަމެވެ. ދެން އޮތް ކަމަކީ މިސްބަސްފުޅުތައް ވިދާޅުވީ ނަމާދު ފަރުޟު ނުކުރައްވަވާއިއރުގައެވެ. ދީނުގައި ކުރަންހުރި އަޅުކަންތަކާއި ހުއްދަކަންތަކާއި ޙަޜާމް ކަންކަން ބަޔާން ނުކުރައްވަވާއިރުގައެވެ. މިއަދު އެކަންކަން ޤުރްއާނާއި ސުންނަތުން މިއޮތީ އެނގޭށެވެ. ވީމާ އެކަންކަންވެސް ކުރަންޖެހޭނެއެވެ. ފުރިހަަމ ގޮތުގައި ﷲ ތަޢަލާއަށް ކިޔަމަންތެރިކަން އަދާކުރަންޖެހޭނެއެވެ. ކިޔަމަންތެރިކަން އަދާކުރަމުން މިބަޔާންކުރި ސިފަތައް އެމީހެއްގެ ކިބައިގައި ހުރިނަމަ އެމީހަކަށް ދެރަގޮތެއް އިރާދަ ނުކުރައްވަވާނެތެވެ. އެމީހަކު ހުންނާނީ ﷲ ތަޢާލާގެ ރަޙްމަތުގައެވެ. އިން ޝާ ﷲ  

- މުފްތީ މެންކުގެ ދަރުސަކުން

ގުޅުންހުރި ލިޔުމެއް:

 https://islamqa.info/en/answers/13488/the-first-revelation-that-came-to-the-messenger-of-allaah

 

 

 

 

މިއަދު އޮންލައިން