ފާޠިމަތުގެފާނުގެ ޙަޔާތްޕުޅުގެ އެންމެ އަގުހުރި ފިލާވަޅުތަކުގެ ތެރެއިން ބައެއް ފިލާވަޅު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ފާޠިމަތުގެފާނުގެ ޙަޔާތްޕުޅުގެ އެންމެ އަގުހުރި ފިލާވަޅުތަކުގެ ތެރެއިން ބައެއް ފިލާވަޅު-

އަހުރެމެން އެއްވެސް މީހަކަށް ފާޠިމަތުގެފާނު ޢަމަލުކުރެއްވެވި މިންވަރަށް ޢަމަލުނުކުރެވިދާނެއެވެ. ނަމަވެސް ވިސްނައިގެން މަސައްކަތްކޮށްފިނަމަ ޢާޚިރަތް ދުވަސް ލިބިގަނެވޭނެ މިންވަރަށް މަސައްކަތްކުރެވިދާނެއެވެ. 

1 ރަސޫލް ގެ ލޮބުވެތި ދަރިކަނބަލުން ފާޠިމަތުގެފާނު ބައެއް ރޭތައް އެކުގައި އަޅުކަންކުރެއްވެވުމާއި ދުޢާ ކުރެއްވެވުމުގައި ހޭދަކުރެއްވެވިއެވެ. އަދި އަވަށްޓެރިންނާއި އެނޫންވެސް ގާތް މީސްމީހުންގެ ނަން ވިދާޅުވެ އެމީހުންނަށްޓަކައި ހެޔޮދުޢާކުރައްވަވައެވެ. 

ނަމަވެސް އަމިއްލަފުޅަށް ދުޢާކުރައްވަވާ އަޑުފުޅު އިވިވަޑައިނުގަތުމުން އެކަމާއިމެދު ދަރިކަލުން ޙަސަންގެފާނު ސުވާލުކުރެއްވެވުމުން ވިދާޅުވިއެވެ. "ފުރަތަމަ އަވަށްޓެރިންނެވެ. އަމިއްލަ ގެއާއި ހަމައަށް ކަންކަން ގެންނަން ވާނީ އެއިގެ ފަހަތުންނެވެ." 

2 ރަސޫލް އެންމެ ބޮޑަށް ކަންބޮޑުވެވަޑައިގަތުމުން ދަރިކަނބަލުން ފާޠިމަތުގެފާނާއި ކަންކަން ހިއްޞާ ކުރައްވަވައި މަޝްވަރާ ކުރެއްވެވީ ކީއްވެގެންކަން އެނގޭހެއްޔެވެ؟ 

އަހުރެންނަށް ޤަބޫލުކުރެވޭ ގޮތުގައި އެކަމުގެ ސަބަބަކީ ސުވަރުގޭގެ އުފާވެރިޚަބަރު ހަނދުމަފުޅުކޮށް އަރުވައި ހިތްވަރުދެއްވަވާތީއެވެ.  

ފާޠިމަތުގެފާނުގެ ޙަޔާތްޕުޅުން ދަސްކުރަން އޮތް އެންމެ މުހިންމު އެއް ފިލާވަޅަކީ މީހަކަށް ދޭނެ އެއްޗެއް އަތުގައި ނެތްނަމަވެސް އެމީހަކަށްޓަކައި ހެޔޮދުޢާކުރުމުގެ މުހިންމުކަމެވެ. ހަމައެއާއިއެކު ތިމާއަށް ބޭނުންވާ ކަންކަމަށް އެދި ދުޢާކުރުމުގެ ކުރިން އެހެން މީހުންނަށްޓަކައި ދުޢާކުރުމުގެ މުހިންމު ކަމެވެ. 

ނަމަވެސް މިކަންކަން އަހަރެމެން މިއަދު މިވަނީ ބަދަލުކޮށްފައެވެ. އަބަދުވެސް މިއުޅެވެނީ ތިމާގެ އަމިއްލަ ބޭނުންތައް ނުފުދޭތީ އެކަމާއިމެދު ކަންބޮޑުވެގެންނެވެ. އެހެން މީހުންނާއިމެދު އޮންނަނީ ވިސްނައިވެސް ނުލެވިފައެވެ.

 

- ޝައިޚް އަޒްހަރު ނަޞީރުގެ ދަރުސަކުން

 

 

މިއަދު އޮންލައިން