ޢާއިޝަތު ރަފާޙް ޢަލީ
ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ. «
· «إذا كان يوم الجمعة قعدت الملائكة على أبواب المسجد فكتبوا من جاء إلى الجمعة، فإذا راح الإمام، طوت الملائكة الصحف، ودخلت تستمع الذكر»
މާނައީ“ހުކުރު ދުވަހު ހުކުރަށްދާ މީހުންގެ ނަން ލިޔުއްވަން، މިސްކިތްތަކުގެ ދޮރުމަތީގައި މަލާއިކަތް ބޭކަލުން ތިއްބަވާނެތެވެ. ފަހެ، އިމާމާ ނުކުތުމުން (ޚުޠުބާ ފެށްޓެވުމުން) އެބޭކަލުންވެސް ފަތްފުށްތައް ލައްޕަވާލެއްވުމަށްފަހު ޚުޠުބާ އަޑު އެއްސެވުމަށް މިސްކިތަށް އަރައި ވަޑައިގަންނަވާނެއެވެ“.
ވީމާ އެއިގެ ފަހުން ހުކުރަށްދާ މީހުންގެ ނަންތަކެއް އެފަތުގައި ނުލިޔުއްވަވާނެތެވެ.
حديث فضل التهجير إلى الجمعة - سنن الدارمي (hadithprophet.com)
ކަނުލައި ޚުޠުބާ އަޑުއެހުމަށް ސަމާލުކަންޑޭންޖެހޭނެ މިންވަރު:
ރަސޫލާ މުޙައްމަދު ޞައްލަ ﷲ އަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ.
”إِذَا قُلْتَ لِصَاحِبِكَ أَنْصِتْ وَالْإِمَامُ يَخْطُبُ يَوْمَ الْجُمُعَةِ فَقَدْ لَغَوْتَ”
މާނައީ“އިމާމު މީހާ ޚުޠުބާ ދެނިކޮށް، ޖެހިގެންހުރި މީހާ ވަހަކަދައްކާތަން ފެނިގެން، އޭނަޔާދިމާލަށް ހަނުހުންނާށޭ ބުނުމީވެސް ޚުޠުބާގެ ތެރޭގައި ބޭކާރު ވާހަކަ ދެއްކުމެކެވެ.“