މައްސަލައެއް ޖެހޭއިރަށް ދެމަފިރިން ވަކިވުމުގެ ބަދަލުގަ ދުޢާކުރުމުން ﷲ ދެއްވަވާ ޙައްލު މާއުފާވެރިވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
މައްސަލައެއް ޖެހޭއިރަށް ދެމަފިރިން ވަކިވުމުގެ ބަދަލުގަ ދުޢާކުރުމުން ﷲ ދެއްވަވާ ޙައްލު މާއުފާވެރިވާނެ! އިން ޝާ ﷲ

އެއްދުވަހަކު އަހުރެންނާއި ބައްދަލުކުރި އަންހެނަކު ބުނީ އޭނާގެ ފިރިމީހާ ލޯބިވެރިއަކު ގެންގުޅޭތާ 10 އަހަރުވެއްޖެކަމަށާއި އޭނާ އާއި ވަކިވާން ބޭނުން ކަމަށެވެ. ވަކިނުވާނަމަ އޭނާއަކީ އެކަމަށް ހިތްވަރުދޭ މީހަކަށްވެ ފާފަވެރިވެދާނެ ކަމަށް ބިރުގަންނަކަމަށެވެ. 

އޭނާގެ 3 ދަރިން ތިއްބެވެ. އަޅާލައި އެހީތެރިވެވޭނެ މީހަކުވެސް ޢާއިލާއަކު ނެތެވެ. އެހެންވެ އަހުރެން ބުނީމެވެ. "މިއީ ވަރަށް ވޭންހުރި ކަމެއްކަންވެސް އެނގިހުރެ ބުނަމެވެ. ދެމީހުން ދުރުވުމުގެ ޚިޔާލު އިހަށް ދޫކޮށްލާށެވެ! ކެތްތެރިވެލައި ފިރިމީހާއަށް ހެޔޮވިސްނުން ދެއްވެވުން އެދިގެން ދުޢާކޮށްބަލާށެވެ! ރަނގަޅު ގޮތެއް މިންވަރުކުރެއްވެވުމަށް އުންމީދުކުރާށެވެ! ފިރިމީހާ އިޞްލާޙްނުވާނެކަން ޔަޤީން ނުކުރާށެވެ! އެއިރުން ކުރާ ދުޢާގެ ބޭނުމެއް ނެތެއް ނޫންހެއްޔެވެ؟" 

އެއިގެ ދެއަހަރުފަހުން އެދެމަފިރިންނާއި ބައްދަލުވިއެވެ. ދެމީހުން ދިރިއުޅެމުން އަންނަނީ އުފަލުގައެވެ. ފިރިމީހާ ކުށް ޤަބޫލުކޮށް އިޞްލާޙްވީއެވެ. އަދި ކުރިއަށްވުރެ ބޮޑަށް އަޅައިލާ، ލޯބިދޭ މީހަކަށް ބަދަލުވީއެވެ. 

ބުނެލަން ބޭނުންވަނީ ދިރިއުޅޭއިރު އަނެކާގެ ކިބައިން ކުށެއް ފެންނައިރަށް ދެމީހުން ވަކިވުމަކީ ކުރަން އޮތް ފުރަތަމަ ކަންތައް ކަމުގައި ނުހަދާށެވެ. މައްސަލަ ޙައްލުކުރަން މަސައްކަތްކުރާށެވެ. މައްސަލަ ޙައްލުކޮށްދެއްވެވުން އެދި ދުޢާކުރާށެވެ! ﷲ ތަޢާލާ ދެއްވަވާ ޙައްލު މާއުފާވެރިވާނެއެވެ. އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން