މިޝަރުޠުތައް ފުރިހަމަކޮށްގެންހުރެ ދުޢާކޮށްބަލާށެވެ! ތަފާތު ފެންނާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
މިޝަރުޠުތައް ފުރިހަމަކޮށްގެންހުރެ ދުޢާކޮށްބަލާށެވެ! ތަފާތު ފެންނާނެ! އިން ޝާ ﷲ

ކަމަކަށް ދަތިވުމުން، ކަމަކަށް ބޭނުން ވުމުން އަދި ހިތްދަތި ޙާލަތެއް މެދުވެރިވުމުން ގިނަ ބައަކު ދެއަތް އުފުލައި ﷲ ތަޢާލާއަށް ދުޢާކުރެއެވެ. އަދި ސަޖިދަކޮށް ސަޖިދައިގައި އޮވެގެންވެސް ދުޢާކުރެއެވެ. 

ދުޢާކުރުމަށްފަހު އެކަމެއް އެމީހާ އެދުނު ގޮތަށް ހިންމަވައި ނުދެއްވެވުމުން ނުވަތަ ލަސްވުމުން ކަންބޮޑުވެއެވެ. ޝަކުވާވެސް ކުރެއެވެ. 

މިފަދަ މީހުންނާއި ކޮށްލަން ޖެހޭ ސުވާލަކީ ތިބާ ދުޢާކުރީ ކޮންޙާލަތެއްގައި ހުރެގެން ހެއްޔެވެ؟ ތިބާ އުޅެމުން އަންނަނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށްހެއްޔެވެ؟ ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ކިޔަމަންތެރިކަން އަދާކުރަންހެއްޔެވެ؟ ދުޢާކުރަން ތިބާއަށް ޝަރުޠު ހަމަވޭ ހެއްޔެވެ؟ 

އެޝަރުޠަކީ މާބޮޑު ޝަރުޠެއްވެސް ނޫނެވެ. ވަރަށް ލުއިފަސޭހަ ޝަރުތެކެވެ. ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ކިޔަމަންތެރިވާ މީހަކު ކަމުގައިވުމެވެ. ފަރުޟުނަމާދުތަކަށް ރައްކައުތެރިވެ ދެންވެސް ތިމާއާއި ޙަވާލުކުރައްވަވާފައިވާ ވާޖިބްތައް އަދާކުރުމެވެ. 

ހަމައެއާއިއެކު ޢާއިލީ ގުޅުންތައް ދަމަހައްޓާ މީހަކުކަމުގައިވުމެވެ. އެންމެހައި މީސްތަކުންނަށް އޯގާތެރިވެ އެހީތެރިވާ މީހަކު ކަމުގައިވުމެވެ. 

ޢަޖުމަ ބަލައިލަން ނަމަވެސް މި ޝަރުޠުތައް ފުރިހަމަކޮށްފައި ނިކަން ދުޢާކޮށްބަލާށެވެ! އިން ޝާ ﷲ ވަރަށް ބޮޑު ތަފާތެއް ދައްކަވާނެތެވެ. އެދޭ ކަންތައް ކާމިޔާބުވެ ހިތްހަމަޖެހުން ދެއްވަވާނެތެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން