ކީރިތި ޤުރްއާނުގެ އާޔަތްތަކުގެ ސައްޔިދާ ނުވަތަ ކުރުސި ކިޔާނަމަ ޖިންނީންނާ އިފްރީތުންގެ ކިބައިން ތިމާއާ ގެދޮރުވެސް ސަލާމަތްކުރައްވަވާނެކަން ޙަދީޘުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 24ސ
ކީރިތި ޤުރްއާނުގެ އާޔަތްތަކުގެ ސައްޔިދާ ނުވަތަ ކުރުސި ކިޔާނަމަ ޖިންނީންނާ އިފްރީތުންގެ ކިބައިން ތިމާއާ ގެދޮރުވެސް ސަލާމަތްކުރައްވަވާނެކަން ޙަދީޘުން-

آية الكرسى ގެ ބަރަކާތްތަކުގެ ތެރޭގައި ޝައިޠާނާ ދުރުކުރުން ހިމެނެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޒަމާނުގައި އެކަލޭގެފާނުގެ أصحاب ބޭކަލުންގެ ތެރެއިން ބައެއްބޭކަލުން ނަށް ދުއްތުރާ ކުރަން ޖިންނި ޝައިޠާނުންއުޅުމުން آيَةَ الْكُرْسِى ކިޔަވާ ވިދާޅުވެ އުޅުއްވުމަށް رَسُولُ الله ގެފާނު إرْشَادُ ދެއްވި އެވެ.  

މާތްالله  ރުއްސުންލެއްވި أبُوهُرَيْرَة ރިވާކުރައްވާ ގޮތުގައި الله ގެ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްފުޅުކުރެއްވެވި އެވެ.  

سُوْرَةُ الْبَقَرَة فِيْهَا آيَةٌ سَيِّدَةُ آيِ الْقُرآنِ لاَ تُقْرَاُ فِى بَيْتِ فِيهِ شَيطَانٌ إلاَّخَرَجَ مِنْهُ: آيَةُ الْكُرْسِى

أخرجه الحاكم والبحقى –

الْبَقَرَةَ سورة ގައި އާޔަތެއް ވެއެވެ. އެއީ ކީރިތި قرآن ގެ آية ތަކުގެ سيِّدَة އެވެ. ޝައިޠާނަކު އުޅޭ ގެއެއްގައި އެ آية ކިޔެވިއްޖެ ނަމަ ޝައިޠާނާ އެގެއިން ނުނުކުމެއެއް ނުހުންނާނެ އެވެ. އެއީ آية الكرسى އެވެ. 

حسن ގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. ސަލާމާތް صلوات ލެއްވި ނަބީކަލޭގެފާނު حديث ކުރެއްވި އެވެ. 

إنَّ جِبْرَيْلَ أتَانى فَقَالَ, إنَّ عِفْرِيْتًا مِنَ الْجِنِّ يَكِيْدُكَ فَإذَاآوَيْتَ إلَى فِرَاشِكَ فَاقْرَأْ آيَةَالْكرْسِى ތިމަންކަލޭގެފާނުގެ އަރިހަށް جِبْريْلُ ގެފާނު ވަޑައިގެން ވިދާޅުވި އެވެ. ޖިންނީންގެ ތެރޭގައި ހިމެނޭ އިފްރީތަކު ކަލޭގެފާނަށް ދުއްތުރާ ކުރުމަށް އެބަ މަސައްކަތް ކުރެއެވެ. ފަހެ އަވަހާރަފުޅު ލައްޕަވަން އޮށޯވެ ވަޑައިގެންފި ނަމަ آيَةُ الْكُرْسِى ވިދާޅުވާށެވެ. 

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ވަރަށްގިނަ حَدِيْث ފުޅުތަކުން ދޭހަވާ ގޮތުގައި، آيَةُ الْكُرْسِى ގެ ސަބަބުން ޖިންނި ޝައިޠާނުންގެ ދުއްތުރާ ތަކުން ސަލާމަތް ކުރައްވާނެ އެވެ. آيَةُ الْكُرَسِى ކިޔެވުމަކީ އެ ޝައިޠާނުންގެ އުނދަގޫތަކުން ރައްކައުތެރި ކުރައްވާނެ ކަމެކެވެ. 

މިއީ آيَةُ الْكُرْسِى ގެ މާނައާއި ބަރަކާތާ ބެހޭގޮތުން މި أمَّة ގެ ދަންނަ ބޭކަލުން ލިޔުއްވާފައި ހުރި ބައެއް ފޮތްފޮތުން معلومات ހޯދައިގެން ލިޔުނު مضمون އެކެވެ. އެއްވެސް ޝައްކެއްނެތް ގޮތުގައި سَيِّدَةُ آيِ الْقُرآنِ ނުވަތަ آيَةُ الْكُرْسِى އަކީ އޭގެ ބަރަކާތުގައި އެއްވެސް ހައްދެއްނެތް މާތް މަތިވެރި آية އެކެވެ. ކޮންމެ ވަގުތެއްގައި ކޮންމެ ކަމެއްގައި މި آية ކިޔެވުމަކީ، އޭގެ بركة އެކިޔަވާ މީހަކަށް ދެއްވާނެ ކަމެކެވެ. (އިން ޝާ ﷲ)

 

- އަލްމިންބަރު މަޖައްލާއިން

މިއަދު އޮންލައިން