މުލްކު ސޫރަތުގައިވާ މައިގަނޑު ވާހަކަތައް-

ކިޔުމަށް ހޭދަވާނީ 2މ 59ސ
މުލްކު ސޫރަތުގައިވާ މައިގަނޑު ވާހަކަތައް-

ޢާއިޝަތު ރަފާޙް ޢަލީ

 

މުލްކު ސޫރަތަކީ މައްކީ ސޫރަތެކެވެ. މި ސޫރަތުގައި 30 އާޔަތް އެކުލެވިފައިވެއެވެ. މިސޫރަތުގައި ބައެއް ވާހަކަތައް އެކުލެވިފައިވެއެވެ. 

· އިސްލާމީ ޢަޤީދާގެ މަތިވެރި އުޞޫލުތައް: ﷲ ތަޢާލާ ވޮޑިގެންވާ ކަމުގެ ހެކިތަކާއި، މަތިވެރިކަމާއި، އެކަލާނގެ ޤުދުރަތްތެރިކަމާއި، އެއްކައުވަންތަކަމުގެ މަތިވެރި ދަލީލުތައް ﷲ ތަޢާލާ މި ސޫރަތުގައި ބަޔާން ކޮށްދެއްވާފައިވެއެެވެ. 

އެގޮތުން ﷲ ތަޢާލާ މުލްކު ސޫރަތުގެ 1 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

تَبَارَكَ الَّذِي بِيَدِهِ الْمُلْكُ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿١﴾‏

މާނައީ: "އެކަލާނގެ يدقدرة ފުޅުގައި ވެރިކަންވާ ރަސްކަލާނގެ މަތިވެރިވެ ވޮޑިގެންފިއެވެ. އަދި އެކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. (1)" 

· ކައުނު އުފެއްދެވުމާއި ނެތުމުގެ ތެރެއިން ވުޖޫދަށް ގެންނެވުމާއި، ދިރުމާއި މަރު ލެއްވެވުން: 

ﷲ ތަޢާލާ މުލްކު ސޫރަތުގެ 2 އަދި 3 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۚ وَهُوَ الْعَزِيزُ الْغَفُورُ ﴿٢﴾‏ الَّذِي خَلَقَ سَبْعَ سَمَاوَاتٍ طِبَاقًا ۖ مَّا تَرَىٰ فِي خَلْقِ الرَّحْمَٰنِ مِن تَفَاوُتٍ ۖ فَارْجِعِ الْبَصَرَ هَلْ تَرَىٰ مِن فُطُورٍ ﴿٣﴾‏ 

މާނައީ: "އެކަލާނގެއީ ތިޔަބައިމީހުންކުރެ އެންމެ عمل ރަނގަޅީ ކާކުތޯ امتحان ކުރެއްވުމަށްޓަކައި، މަރުވުމާއި، ދިރިހުރުން، އުފެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، عزيز ވަންތަ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ. (2) އެކަލާނގެއީ، މަތިމައްޗަށް ހަތްއުޑު ހެއްދެވި ރަސްކަލާނގެއެވެ. رحمن ވަންތަ ރަސްކަލާނގެ (އެތަކެތި) ހެއްދެވުމުގައި އެއްވެސްކަހަލަ އުނިކަމެއް ތިބާޔަކަށް ނުފެންނާނެތެވެ. ފަހެ، تكرار ކޮށް نظر ހިންގައި ބަލާށެވެ! އެއްވެސްކަހަލަ خلل އެއް ތިބާޔަށް ފެނޭހެއްޔެވެ؟ (3)"

މިއަދު އޮންލައިން