އަޅުގަނޑަށް ޖެހުނު ބައްޔަކާއި ގުޅިގެން ފަރުވާކުރަން ގެނެވުނު މީހަކު އޭނާ ޤުރްއާން ލިޔެފައިވާ ދޮންކެޔޮ ކާން އެބަ ބުނެއެވެ. މިއީ ހުއްދަ ކަމެއްތޯ؟
ސުވާލުގެ ޖަވާބުތިރީގައިވާ ލިޔުމުން ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.
ޞިހުރު ބާޠީލްކުރުމުގެ ނަމުގައި ކުރެވޭ ބައެއް ކަންކަމަކީ އިސްލާމް ދީން ހުއްދަކުރާ ކަންކަންތޯ ވެސް ބަލާނުލައި މީހަކު ނުވަތަ ބައަކު ބުނާހައި ކަންކަން ކުރަމުން އެބަގެންދެއެވެ. އެފަދަ މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ ރުޤްޔާ ކޮށްދޭ މީހާ އެހެންނަނީ ﷲ ތަޢާލާއަށްވުރެވެސް މަތީގައިކަމަށެވެ. އެކަން އެނގެނީ ރުޤްޔާ ކުރާމީހާ ބުނެފިނަމަ ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަންވެސް ކުރެވޭތަން ފެންނާތީއެވެ.
"ސިހުރު ބާޠިލުކުރުމުގެ ނަމުގައި ބިސް (ދޮންކެޔޮ، ފޮނިކާތަކެތި) ފަދަ ތަކެތީގައި ކީރިތި ޤުރުއާން ލިޔެ، ކައި ހެދުމެއް ނެތެވެ. ނަމަވެސް ކީރިތި ޤުރްއާން ކިޔަވައި އެފެނަށް ފުމެގެން ބުއިމަކީ ކުރަން އޮތް ކަމެކެވެ." ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވަނީ "ސިހުރު ބާޠިލުކުރުމަށް ފެނަށް ކިޔަވައިގެން ބުއިމަކީ ކޮން ކަހަލަ ކަމެއްތޯ؟" އާއި އަދި "ބިސް ފަދަ ތަކެތީގައި ކީރިތި ޤުރްއާނުގެ ތަންތަންކޮޅު ލިޔެގެން ކެއުން ހުއްދަވާނެތޯ؟" މީހަކު ކޮށްފައިވާ ސުވާލުގެ ޖަވާބުގައެވެ.
ފެނަށް ކިޔެވުމަކީ ފުޅިއެއް ފަދަ ކަންވާރަކަށް ފެންއެޅުމަށްފަހު ފެނުގައި އިނގިލީގެ ކުރި ޖައްސައިގެން އިނދެ ޞިހުރު ޞާޠިލުކުރާ އާޔަތްތައް ކިޔެވުމެވެ. މިއީ އަމިއްލައަށް ވެސް ކުރެވޭނެ ކަމެކެވެ. އަމިއްލައަށް ކުރެވޭނަމަ ރަނގަޅީވެސް އަމިއްލައަށް ކުރުންކަމަށް ޢިލްމުވެރިން ބަޔާން ކުރައްވައެވެ.