އަނބިމީހާއާއިމެދު ފިރިމީހާގެ ޢާއިލާއިން ބޭއިންޞާފުން ކަންކަން ކުރާނަމަ އެކަމަށް އަޅާނުލައި ހުރުމަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީވާންޖެހޭނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
އަނބިމީހާއާއިމެދު ފިރިމީހާގެ ޢާއިލާއިން ބޭއިންޞާފުން ކަންކަން ކުރާނަމަ އެކަމަށް އަޅާނުލައި ހުރުމަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީވާންޖެހޭނެ ކަމެއް!

އަނބިމީހާއާއިމެދު ފިރިމީހާގެ ޢާއިލާއިން ބޭއިންޞާފުން ކަންކަން ކުރާނަމަ އެކަމަށް އަޅާނުލައި ހުރުމަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީވާންޖެހޭނެ ކަމެކެވެ. ބޭއިންޞާފުން އަނބިމީހާއަށް ކުރެވޭ ކޮންމެ ކަމަކީ ދެވޭ އަނިޔާއެކެވެ. 

ﷲ ތަޢާލާ އުފައްދަވާފައިވާ އެއްވެސް މަޚްލޫޤަކަށް އަނިޔާވެރިވި ނަމަވެސް އެކަންވާނީ ހަމައަނިޔާއަކަށެވެ. އަނިޔާވެރިވުން ނަހީކުރައްވަވާފައިވާ މިންވަރު ނިކަން ދެކިބަލާށެވެ! އަމިއްލަ ނަފްސަށް އަނިޔާވެރިވުންވެސް ވަނީ ނަހީކުރައްވަވައިފައެވެ. 

ޤުރްއާނުގައި އޮތީ އަމިއްލަ ނަފްސާއިމެދުގައިވެސް ތެދުވެރިވުމެވެ. ޢާއިލީ މައްސަލަތަކުގައިވެސް އިންޞާފު ޤާއިމްކުރުމަށެވެ. އިންޞާފް ޤާއިމްކުރިކަމަށްވާނީ ޢާއިލާ މައްސަލަތަކުގައި ޙައްޤަށް ބަސްބުނުމެވެ. 

އެއްވެސް ޙާލެއްގައި ފިރިންނަށް އެމީހުންގެ މައިންބަފައިންނަށް ނުކިޔަމަންތެރިވެ ޖަދަލުކުރަން ބުނަނީއެއް ނޫނެވެ. މިބުނާ ވާހަކައަކީ އަނބިމީހާ ޢާއިމެދު ބޭއިންޞާފުން ކަންކަން ކުރާނަމަ މައިންބަފައިންގެ ކުރިމަތީގައި ދެރަވެ ކަރުއެލުވާލައިގެން ހުރެނަމަވެސް ޢަދުލުވެރިވުމަށެވެ. ޢަދުލަށް ބަސްބުނުމަށެވެ. އެކަން ނުކުރެވޭނަމަ ޢަދުލުވެރިވެވުނު ކަމަކަށް ނުވާނެއެވެ. 

ކައިވެނިކުރުމުން ގެއަށް ގެންދާއިރު ބުނާނީ ތިއައީވެސް ހަމަ އަހުރެމެންގެ ދަރިއެއް ކަމަށެވެ. ކަންތައްތައް ކުރާނީ އަމިއްލަދަރިންނާއިމެދުގައިވެސް ކަންތައްތައްކުރާ އުޞޫލުން ކަމަށެވެ. ނަމަވެސް ގެއަށް ގެންދެވުމާއިއެކު ހަދަނީ ގޭގެ ނޯކަރަކަށެވެ. ކިތަންމެ ބުރަކޮށް މަސައްކަތްކުރިނަމަވެސް އަދި ކިތަންމެ ރަނގަޅަށް މަސައްކަތްކުރި ނަމަވެސް ކުރާ އެއްވެސް ކަމެއް ރަނގަޅަށް ކުރެވުނު ކަމަކަށްވެސް ނުހަދައެވެ. މިއީ އެކަންކުރަން އޮތް ގޮތެއް ނޫނެވެ.

 

- މަޢުލޫމާތު ނޫމާން ޢަލީޚާންގެ ދަރުސަކުން

މިއަދު އޮންލައިން