މިސްކިތަށްދާން ހުވަނދުލުމާ މިސްކިތަށްދާ މީހުން ހުވަނދުލެއްވުން- ކުރަން ފައިދާހުރި ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
މިސްކިތަށްދާން ހުވަނދުލުމާ މިސްކިތަށްދާ މީހުން ހުވަނދުލެއްވުން- ކުރަން ފައިދާހުރި ކަމެއް!

މިސްކިތަށް ދާން އޮތީ ނުވަތަ ނަމާދުކުރަންވީ ޒީނަތްތެރިވެހުރެގެންނެވެ. އެހެނީ އެއީ އެންމެ މުހިންމު ބައްދަލުވުމެވެ. އެއީ ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓި ހުންނަ ހުރުމަކަށްވާތީއެވެ. ވީމާ ރިވެތި ފޭރާންލައި ޒީނާތްތެރިވާންޖެހޭނެއެވެ. ލިބެންހުރިނަމަ ހުވަނދުލައި ގައިން މީރުވަސް ދުއްވަންވާނެއެވެ.  

މިސްކިތަށް ދާން ވުމުން ގިނަ ބައަކު އަތަރުލައެވެ. ނަމަވެސް ވިސްނައިލަން ޖެހޭނެ ކަމެއް އެބައޮތެވެ. އެމީހާއަށް ކިތަންމެ މީރުވަސް ދުވާ އަތަރެއް ނަމަވެސް އެހައި ގިނައިން ބޭނުން ނުކުރާށެވެ! އެހެނީ މިސްކިތުގައި ޖެހިގެން ހުންނަ މީހާއަށް އެ އަތަރަކީ މީރުވަސް ދުވާ އަތަރަކަށް ނުވެދާނެއެވެ. އެކަމުން އެމީހާއަށް އުނދަގޫތަކެއް ވެދާނެތީއެވެ. 

މިސްކިތަށްދާ މީހުންނަށް ހުވަނދުދީ ހުވަނދުލެއްވުމަކީވެސް ހެޔޮ ނިޔަތުގައި ކުރުމުން އަޅުކަމެކެވެ. ނަމާދަށް ދިއުން އޮތީ ލިބޭނަމަ ހުވަނދުލައިގެންނެވެ. ނަމަވެސް ބޭރުގައި އުޅެމުން މިސްކިތުގެ ޖަމާއަތަށްއަރާއިރު ކޮންމެ މީހަކަށް ހުވަނދުނުލެވިދާނެއެވެ. ޖީބުގައި ނުގެންގުޅޭތީއެވެ.  

އެފަދަ މީހުންނަށް ހުވަނދީ ހުވަނދުލެއްވުމަކީ އަޅުކަމެކެވެ. ގިނަ ބައަކު ޖަމާޢަތުގައި ތިބޭއިރު މީރުވަސް ދުވުމަކީ ހިތްހަމަޖެހުންވެސް ލިބޭނެ ކަމެކެވެ. މީސްތަކުންނަށް ހިތްހަމަޖެހުން ލިބޭ ހެޔޮ އަމަލުތަކުން މަލާއިކަތުންނަށްވެސް ހިތްޕުޅުހަމަޖެހިވަޑައިގަތުން ލިބިވަޑައިގަންނަވައެވެ.  

އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

 

 

 

 

 

މިއަދު އޮންލައިން