އެމީހަކު ދުވަހަކުވެސް ނުކުރާފާފައެއް ބޮލުގައަޅައިގެން ނަރަކައަށް ވަންނަންޖެހޭނެ ބައަކު ތިބޭނެ! ތިބާއަށް ސަލާމަތް ވެވޭނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
އެމީހަކު ދުވަހަކުވެސް ނުކުރާފާފައެއް ބޮލުގައަޅައިގެން ނަރަކައަށް ވަންނަންޖެހޭނެ ބައަކު ތިބޭނެ! ތިބާއަށް ސަލާމަތް ވެވޭނެތަ؟

ތިބާ ދުވަހަކުވެސް ޒިނޭއެއް ނުކުރެއެވެ. ވައްކަމެއް ނުކުރެއެވެ. ރިބާއެއް ނުކައެވެ. ﷲ ޙަރާމް ކުރައްވަވާފައިވާ އެފަދަ އެއްވެސް ފާފައެއް ނުކުރެއެވެ. ނަމަވެސް އެފަދަ އެތައް ބައިވަރު ފާފަތަކެއް ތިބާގެ ފަތުގައި ލިޔެވިދާނެއެވެ. ތިބާ ކުޅަ އަމަލުތަކުގެ ގޮތުގައެވެ. މާނައަކީ ތިބާ ނުކުރާ މިފަދަ މީޒާނުގައި ތިބާ ކުޅަ ފާފަތަކުގެ ގޮތުގައި ކިރަންޖެހިދާނެއެވެ. 

މިހެން މިވަނީ ކީއްވެގެން ހެއްޔެވެ؟ އެހެން މީހެއްގެ ހިތުގައި ޖައްސާފައި އޮތުމުންނެވެ. މީހަކު ނުކުރާ ކުށެއްގެ ތުހުމަތު އެމީހާގެ ބޮލުގައި އަޅުވައި ފަޟީޙަތްކޮށްފައި އޮތުމުންނެވެ. މީހުންގެ ޙައްޤުތަކަށް އަރައިގެންފައި އޮތުމުންނެވެ. ދަރަނި އަދާނުކޮށް އޮތުމުންނެވެ. މުވައްޒިފުންނަށް ދޭން ޖެހޭ މުސާރަ އާއި އިނާޔަތްތައް ނުދީ އޮތުމުންނެވެ. ވައުދާއި އަހުދު ނުފުއްދައި އޮތުމުންނެވެ. 

މިއަދު މިފަދަ ކަންކަން ގިނަ ބައަކު ކުރަނީ އެއީ އެއްވެސް ފާފައެއް ނޫން ކަމަށް ބަލައިގެންނެވެ. އެހެންކަމުން ހޭލުންތެރިވާށެވެ! ނުވެއްޖެ ނަމަ މިބުނި ފަދައިން ތިބާއަކީ އެހެން މީހުން ކޮށްފައިވާ ބިޔަ ފާފަތައް ބޮލުގައި އަޅަންޖެހި ކޮނޑުގައި އުފުލަމުން ނަރަކައަށް ވަންނަން ޖެހިދާނެ މީހަކަސް ވެދާނެ ކަމަށް ބިރުވެތިވާށެވެ! 

މިއަދު އެއްވެސް ކަމެއް ނޫންކަމަށް ބަލައި ތިއަ ކުރާ ކަންކަމުގެ ސަބަބުން ތިބާ ދުވަހަކުވެސް ނުކުރާ އެތައް ބައިވަރު ފާފަތަކެއް ތިބާގެ ބޮލުގައި އެޅި ކޮނޑުގައި އުފުލަމުން ނަރަކައަށް ވަންނަން ޖެހިދާނެ ކަމަށް ބިރުވެތިވާށެވެ! 

ޤިޔާމަތް ދުވަހު އެންމެ ބޮޑަށް ހިތާމަކުރަން ޖެހޭނެ އެކަކީ އެހެންމީހުންގެ ޙައްޤުތަކަށް އަރައިގަނެފައިވުމުގެ ސަބަބުން ބަދަލުދޭން ޖެހި އެމީހާގެ ހެޔޮ އަމަލުތައް ހުސްވެގެންދާ މީހާއެއްވެ. ބަދަލުދީ ހެޔޮ އަމަލުތައް ހުސްވުމުން އެމީހުން ކުރި ފާފަތައް އަމިއްލަ ކޮނޑުގައި އުފުލަމުން ނަރަކައަށް ވަންނަން ޖެހޭ މީހުންނެވެ. 

ނިކަން ވިސްނައިލަބަލާށެވެ! ތިބާ ނުހަނު ބުރަ މަސައްކަތުން ކުރި އެތައް ހާސް ނަމާދެއްގެ ސަވާބު އެހެން މީހަކަށް ދޭން ޖެހުމުން ކުރާނެ އަސަރާއިމެދުގައެވެ. ނުހަނު ބުރަ އުފުލައިގެން އެތައް އަހަރެއްގެ ރަމަޟާން މަހު ހިފި ރޯދައިގެ ސަވާބުތައް އެހެން މީހަކަށް ދޭންޖެހުމުން ދެން ކުރާނެ އަސަރާއިމެދުގައެވެ! ތިބާ ނުކުރާ ފާފަތަކެއް ތިބާގެ ކޮނޑުގައި އެޅި އުފުލަން ޖެހުމުން ކުރާނެ އަސަރާއިމެދުގައެވެ.

 

- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން

 

 

މިއަދު އޮންލައިން