ބަރުޒަޚުގެ ޢާލަމުގަ ހޭދަކުރަންޖެހޭ ޙަޔާތުގައި ސުވަރުގޭގެ މީރުވަހުން ތިބާގެ ކައްވަޅު ޒީނަތްތެރިކޮށްދެއްވަވާ މީހަކަށްވާށެވެ!: އިމާމް ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ބަރުޒަޚުގެ ޢާލަމުގަ ހޭދަކުރަންޖެހޭ ޙަޔާތުގައި ސުވަރުގޭގެ މީރުވަހުން ތިބާގެ ކައްވަޅު ޒީނަތްތެރިކޮށްދެއްވަވާ މީހަކަށްވާށެވެ!: އިމާމް ޢުމަރު ސުލައިމާން

ރަސޫލް () ޙަދީޘްފުޅު ކުރައްވަވާފައިވަނީ ސުވަރުގޭގެ މީރުވަސް 500 އަހަރު ދުރަށް ދުވާނެ ކަމަށެވެ. ރަސޫލް () ހުވަނދަށް ނުވަތަ އަތަރަށް ލޯބިކުރެއްވެވިވަރީ ދުވަހަކުވެސް މީހަކު ހަދިޔާއަކަށް އެރުވި އަތަރެއް ޤަބޫލުފުޅު ނުކުރައްވަވައި އަނބުރައި ރައްދުކުރައްވަވާފައެއް ނުވެއެވެ.  

ޞަހާބީންވެސް އަތަރަށް އިންތިހާއަށް ލޯބި ކުރެއްވެވިއެވެ. އަދި ފަހުގެ ދީނީ ޢީލްމުވެރިންވެސް މެއެވެ. ބައެއް ޢިލްމްވެރިންގެ ގައިކޮޅުން ދުވާ މީރުވަސް އެތައް ހިސާބު ދުރަކަށް ފެތުރިފައިހުރެއެވެ.  

ވަހުގެ ހުރި މުހިންމުކަން ނިކަން ދެކެބަލާށެވެ! މަންމަގެ ބަނޑުގައި އޮންނަ ކުއްޖާއަށް ﷲ ތަޢާލާ ފުރަތަމަ ދެއްވަވާ ހިއްސަކީވެސް ވަސްގަތުމުގެ ކުޅަދާނަކަމެވެ. އެކުއްޖާއަށް ފުރަތަމަ ދުވާނީ މައިމީހާގެ ވަހެވެ.  

ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި ދުނިޔޭގައި އުޅުނު މީހުން މަރުވެ ކައްވަޅުގައި ވަޅުލެވޭއިރު ސުވަރުގޭގެ މީރުވަހުން ﷲ ތަޢާލާ އެ މީހާގެ ކައްވަޅު ޒީނަތްތެރިކޮށްދެއްވަވަތެވެ. މުސްލިމް އަޅާ މަރުވުމުން ފުރާނަ ނަންގަވައި މަލާއިކަތުން ލައްވަވަނީ ސުވަރުގޭގެ މީރުވަހުން ވަސްދުވާ ފޭރާމަކަށެވެ. އޭނާގެ ފުރާނަ ހިއްޕަވަން ފައިބާ ވަޑައިގަންނަވަނީ ސުވަރުގޭގެ ހުވަދާ ކަފުން ހިއްޕަވައިގެންނެވެ.   

އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

 

 

މިއަދު އޮންލައިން