ތަނަވަސްކަން ގެއްލުމުން ކަންބޮޑުނުވެ ހުރެވޭނެ ވިސްނުން-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ތަނަވަސްކަން ގެއްލުމުން ކަންބޮޑުނުވެ ހުރެވޭނެ ވިސްނުން-: މުފްތީ މެންކް

އޭނާއަކީ އަހުރެން ވަރަށް ރަނގަޅަށް ދަންނަ މީހެކެވެ. ޢުމުރު ދުވަހު ކުރިމަސައްކަތުން ލިބުނު ހުރިހާ ފައިސާ އެއްކޮށްގެން އެޅީ ފެކްޓްރީއެކެވެ. ކުއްލިއަކަށް ފެކްޓްރީ އަނދައިގެން ދިއައީއެވެ. ޢުމުރު ދުވަހު ކުރި ހުރިހާ މަސައްކަތެއް އަނދައިގެން ދިއުނަފްދައެވެ.

އެނގޭހެއްޔެވެ؟ އެވަޤުތުވެސް އޭނާ ބުނީ އަލްހަމްދުލިﷲ އެވެ. ﷲ ތަޢާލާ ރުހިވޮޑިގަންނަވާނަމަ ބަދަލު ދެއްވަވާނެތެވެ. މިދުނިޔޭގައި ނުދެއްވެވިނަމަ ޢާޚިރަތުގައިވެސް ދެއްވަވާނެތެވެ. ރުހިވޮޑިގަންނަވާނަމަ ދެ ދުނިޔޭގައިވެސް ދެއްވަވާނެތެވެ. އެކަމާއި ކަންބޮޑުވެގެނެއް ނުއުޅެއެވެ. ވަކީލްކޮށްލައިގެންހުރީއެވެ. 

އޭނާފަދައިން ﷲ ތަޢާލާއަށް ވަކީލްކޮށްފިނަމަ އޭނާ އެބުނިފަދައިން ބަދސަލުދެއްވަވާނެތެވެ. މިދުނިޔޭގައި ނުވަތަ އާޚިރަތުގައި ނުވަތަ އާޚިރަތާއި މިދުނިޔޭގައިވެސް ދެއްވަވާނެތެވެ. އިންޝާ ﷲ 

ބުނެލަން ބޭނުންވަނީ ދުނިޔެއަށް ދަހިވެތިނުވާށެވެ. ކިތަންމެ ގިނަޢަދަދެއްގެ ފައިސާތަކެއް ލިބުނު ނަމަވެސް ހިތް ނުފުރޭނެ މީހެއްގެ ހިތެއް ދުވަހަކުވެސް ނުފުރޭނެތެވެ. ނަމަވެސް ހިތް ފުރި ޝުކުރުވެރިވާ އަޅުންގެ ހިތް ދާދިމަދު މިންވަރުން ފުރޭނެއެވެ. އަތުގައި އެއްވެސް އެއްޗެއް ނެތް ނަމަވެސް ހުންނާނީ ހިތްފުރިގެންނެވެ. 

ރަނގަޅަށް ހިސާބުކޮށްލާށެވެ. ފުދިލައިގެން ދުނިޔޭގައި އުޅެން ބޭނުންވާނީ ކިހައި ފައިށާއެއް ހެއްޔެވެ؟ ކިތަންމެ ގިނައިން އެއްކޮސްފައި ހުރިނަމަވެސް ތިމާއަށް ބޭނުންކުރެވޭނީ ވަކިވަރަކަށެވެ. އިތުރަކަށް ޚަރަދެއް ނުކުރެވޭނެއެވެ. އަދި ދުނިޔެ ދޫކޮށްފައިދާންޖެހޭނީ ﷲ ތަޢާލާގެ މަގުގައި ހޭދަކުރިއެއްޗެއް ފިޔަވައި ހުރިހާ ފައިސާތަކެއް އެހެން ބައަކަށް ދީފައެވެ. އެކަމުން އާޚިރަތުގައި ފައިޑާއެއް ކުރާނީ އެފައިށާތައް ލިބުނު ބައަކު ތިބާއަށް ފައިދާނެކުރާނެ މަގުން ހޭދަކުރިނަމައެވެ. ގިނަ ފަހަރަށް އެކަން އޮންނާނީ ނުކުރެވިފައެވެ. 

ވީމާ ތަނަވަސްކަން ދެއްވެވުމުންވެސް އަދި ތަނަވަސްކަން ގެއްލިގެން ދިއުމުންވެސް މިކަންކަމަށް ވިސްނާށެވެ. އެއިރުން ކަންބޮޑުވެގެން އުޅޭކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން