ހެޔޮކަމަކަށް ގޮވާލެވި ތިބާގެ ފޯނަށް ލިބޭ މެސެޖުތަކާ ތިބާއަށް އިވޭ އަޑުތަކުގެ ޢަދަދުގެ ޙިސާބު ބައްލަވާނެ! ކޮންމެ ކަމަކާއިމެދުވެސް ސުވާލުކުރައްވަވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ހެޔޮކަމަކަށް ގޮވާލެވި ތިބާގެ ފޯނަށް ލިބޭ މެސެޖުތަކާ ތިބާއަށް އިވޭ އަޑުތަކުގެ  ޢަދަދުގެ ޙިސާބު ބައްލަވާނެ! ކޮންމެ ކަމަކާއިމެދުވެސް ސުވާލުކުރައްވަވާނެ!: މުފްތީ މެންކް

ހެޔޮ ކަންކަމަށް ގޮވާލެވި ތިބާގެ ކަންފަތަށް އަޑު އިވޭ އަދި ފޯނަށް ލިބޭ މެސެޖުތަކުގެ ޢަދަދު ﷲ ތަޢާލާ ބައްލަވާނެތެވެ. ނިކަން ވިސްނައިބަލާށެވެ. ތިބާ މަރުވިއިރު ތިބާއަށް ވަނީ 5 މިލިއަން މެސެޖު ލިބިފައެވެ. އެ 5 މިލިއަން މެސެޖު ލިބުމުން އަޑުއަހައި، ކިޔައި ޢަމަލުނުރީ ކީއްވެގެންތޯ ﷲ ތަޢާލާ ސުވާލުކުރެއްވެވުމުން ތިބާއަށް ދެވޭނީ ކޮން ޖަވާބެއް ހެއްޔެވެ؟  

ވިސްނާށެވެ! ހެޔޮކަމަކަށް ގޮވާލެވި ތިބާއަށް އަޑުއިވޭ، އަދި ތިބާގެ ފޯނަށް ލިބޭ ކޮންމެ މެސެޖަކާއިމެދުވެސް ޤިޔާމަތްދުވަހު ސުވާލުކުރައްވަވާނެތެވެ. ނަމަވެސް އެކަމަށް ވިސްނައި ފަރުވާތެރިވެވެނީ ވަރަށް މަދު މީހަކަށެވެ. ހެޔޮކަމަކަށް ގޮވާލެވޭ އަޑު އިވުނު ނަމަވެސް އެއްވެސް ސަމާލުކަމެއް ނުދެއެވެ. ފޯނަށް އަންނަ މެސެޖުތައް ކީނަމަވެސް ޢަމަލެއް ނުކުރެއެވެ. ގިނަފަހަރު ނުވެސް ކިޔައި ޑިލީޓްކުރަނީއެވެ.  

ނަރަކައަށް ބައިބައަށް މީސްތަކުން ވައްދަވާއިރު ކޮންމެ މީހަކުގެ ގާތުގައިވެސް ތިބާގެ ގާތަށް ރަސޫލްބޭކަލަކު ނުފޮނުއްވަވަނީތޯ ނަރަކައިގެ މަލާއިކަތުން ސުވާލުކުރައްވަވާނެތެވެ. ﷲ ތަޢާލާގެ ފޮތް ކީރިތި ޤުރްއާނާއި ރަސޫލް ގެ ސުންނަތް އައިސްފައިވާއިރު އެމަލާއިކަތުންނަށް އަހަރެމެންނަށް ދެވޭނީ ކޮން ޖަވާބެއް ހެއްޔެވެ؟  

ދެވޭނެ އެއްވެސް ޖަވާބެއް ނެތުމުން ބުނަން މިޖެހެނީ "ވަޑައިގަތެވެ! އަހަރެމެން އެބޭކަލުންގެ ބަސް ޤަބޫލުނުކުރީއެވެ. ދޮގުކުރީއެވެ. ފަރުވާކުޑަކޮށްލައި ބޭނުންހައި ގޮތަކަށް އުޅުނީއެވެ. ބަސް ޤަބޫލުކުރިނަމަ މިތަނަށް ވަންނާކަށް ނުޖެހޭނެއެވެ.  

މީސްތަކުންނޭވެ! ﷲ ތަޢާލާގެ މަގަށް ގޮވާލެވުމުން ޢިޖާބަ ނުދިނުމަކީ ﷲ ތަޢާލާގެ ކޯފާ އައިސް އެމީހަކާއި އަރައިހަމަކުރާނެ ކަމެކެވެ. ނޫޙޫގެފާނުގެ ޤައުމުގެ މީހުންގެ ގާތަށް ކޯފާ ފޮނުއްވެވީ 950 އަހަރު ފަހުންނެވެ. ވީމާ ކިތަންމެ ގިނަ ދުވަހެއްވެސް ނަގައިފާނެއެވެ. ޔަޤީންކަމަކީ ޤިޔާމަތް ދުވަހު އައިސް އަރައި ހަމަކުރާނެ ކަމެވެ.  

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން