ކައްވަޅުގެ ޢަޛާބަށް ޝައްކުކުރާ މީހުންނަށް!: ވަޅުލިތާ ކުޑައިރުކޮޅެއްފަހުން ވަޅުލަން ކައްވަޅުގަ ވަރުގަދައަށް ޖެހި ފިލާތައް އުފުރި ދަރުފުންޏެއްހެން ހުއްޓާ ފެނުނު ކަމުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
ކައްވަޅުގެ ޢަޛާބަށް ޝައްކުކުރާ މީހުންނަށް!: ވަޅުލިތާ ކުޑައިރުކޮޅެއްފަހުން ވަޅުލަން ކައްވަޅުގަ ވަރުގަދައަށް ޖެހި ފިލާތައް އުފުރި ދަރުފުންޏެއްހެން ހުއްޓާ ފެނުނު ކަމުގެ ވާހަކަ-

ކައްވަޅުގެ ޢަޛާބަކީ ޔަޤީންވާ ކަމެއް ކަމާއިމެދު ބައެއް މީހުން ސުވާލު އުފައްދައެވެ. އެފަދަ މީހުންނަށް ބުނެލަން އޮތީ ކައްވަޅުގައި ޢަޛާބު ދެއްވަވާކަން މީސްތަކުންނަށް ޔަޤީންވާފަދަ އެތައް ކަމެއް އަންނަނީ ފެންނަމުންނެވެ. އެއީ ޝައްކުރަން އޮތް ކަމެއް ނޫނެވެ. ވިސްނުންތެރިކަމާއިއެކު ތިރީގައިވާ ލިޔުން ވިދާޅުވާށެވެ!  

އޭނާއަކީ އަވަށުގެ ޤަދަރުވެރިކަން ބޮޑު މީހެކެވެ. ތަނަވަސް މީހެކެވެ. އޭނާ މަރުވުމުން ކައްވަޅުކޮނެ 4 ފަރާތުގައި ވަރަށް ވަރުގަދައަށް ފިލާޖަހައި ބާރުކުރިއެވެ. ގިނަދުވަސްވެ ފިލާތައް ގިރިގެން ދިއުމުން ދިއުމުން ނޫނީ ވެިލިފުކެއްވެސް ހަށިގަނޑު މައްޗަށް ނުއެޅޭނެ ގޮތަށް މަތިންވެސް ފިލާޖަހައި ހިންމިތައް ބާރުކުރިއެވެ.  

ކަންދިމާވިގޮތުން މަރުވިގޮތާއިމެދު ނުވަތަ ސަބަބާއިމެދު ކުރެވުނު ތުހުމަތަކާއި ގުޅިގެން ޕޯސްޓް މޯޓޮމް ހެދުމަށްޓަކައި ހަށިގަނޑު ނަގަން ބޭނުންވެގެން ވަޅުލިތާ އެންމެ 2 ގަޑިއިރުފަހުން ކޮނުއިރު މަތީގައި އެތުރި ފިލާތަކާއި ވަޅުގެ 4 ފަރާތުގައި އެހައި ވަރުގަދައަށް ޖަހައި ހަރުކުރި ފިލާތައް ވަނީ އުފުރިފައެވެ. ހީވަނީ އަލިފާން ރޯކުރަން ދަރުފުންޏެއް ޖަހާފައިހުރިހެންނެވެ.  

ގަތްބިރުން އަވަހަށް ފަސްލައި ފޮރުވީއެވެ.  

މިކަން މިގޮތަށް މެދުވެރިވީ މީސްތަކުންނަށް ޢިބްރަތަށްޓަކައި އެކަން ފެންނަން ވެގެންކަމަށްވެދާނެއެވެ. ފޮރުވިފައިވާ ސިއްރުތަކެއް އަހަރެމެންނަކަށް ނުއެނގޭނެއެވެ. އޮތީ ވިސްނައި ފިކުރުކޮށް ބިރުވެތިވުމެވެ.  

ﷲ ތަޢާލާ އެއްވެސް ޢަޛާބެއް ނުދެއްވަވާނެކަން އެނގިވަޑައިގެން ހުންނަވައިވެސް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އެންމެ ގިނައިން ދުޢާ ކުރެއްވެވި އެއްކަމަކީ ކައްވަޅުގެ ޢަޛާބުން ސަލާމަތްކޮށްދެއްވެވުމެވެ. އެހެންކަމުން ކޮންމެ ނަމާދެއްގެ އައްތަޙިއްޔާތުގައި އެކަމަށް އެދި އަޅުގަނޑުމެން އެބަ ދުޢާކުރަމުއެވެ.  

އެހެނަސް އޮތް އެންމެ ބޮޑު ހިތާމައަކީ އެންމެކުޑަމިނުން އެ ދުޢާކުރާއިރުގައިވެސް ކައްވަޅުގެ ޢަޛާބަށް ބިރުވެތިވާންޖެހޭކަން ހިތަށް ނުވަންނަ ކަމެވެ. ބަރުޒަޚުގެ ޢާލަމުގައި ކުރިމަތިލާންޖެހިދާނެ ގަދަފަދަ ޢަޛާބަށް ބިރުވެތި ނުވެވޭކަމެވެ.  

މަރުވެގެން ވަޅުލެވުމާއިއެކު ފުރަތަމަ ކަމެއްގެ ގޮތުން ކައްވަޅު އެމީހާ ފިއްތައިލާނެކަން އެބަ އެނގެއެވެ. ފިއްތައިލާނީ އެކިމީހުން އެކިވަރަށެވެ. އެއްބައަކު ފިއްތައިލެވޭވަރު ބާރުކަމުން މޭގެ ކަށިތައް އަނެއްފަރާތުން ނުކުންނާނެއެވެ. މިގޮތަށް ފއްތައިލެވޭނީ ކިތައް ފަހަރުކަން އެނގޭނެ ގޮތެއްވެސް ނެތެވެ. ޙަދީޘްފުޅުން އެނގެން އޮތީ އެތައް ފަހަރަކު ފިއްތައިލެވޭނެކަމެވެ.  

މުއްމިނުންނަށް އޮތް އުފާވެރިކަމަކީ ފިއްތައިލެވުނު ނަމަވެސް އެމީހާގެ ކިބައިގައި ހެޔޮކަން އޮތް މިންވަރަކުން ފިއްތައިލެވޭ ބާރު ކުޑަވާނެ ކަމެވެ. ޢަޛާބު ލުއިވާނެކަމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން