ދަރިންނަށް ބަލިވެ އިނދެ މައިން ގިނައިން ޤުރްއާން ކިޔެވުމުގެ ފައިދާބޮޑު!-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ދަރިންނަށް ބަލިވެ އިނދެ މައިން ގިނައިން ޤުރްއާން ކިޔެވުމުގެ ފައިދާބޮޑު!-

ދަރިންނަށް ޤުރްއާން ހިތުދަސްކޮށްދޭން މަސައްކަތް ފަށަން އެންމެ ރަނގަޅު ޢުމުރަކީ ކޮބައިތޯ؟  

ބައެއް މީހުން އެމީހުންގެ ދަރިން އަދި މާ ހަގުކަމަށް ބަލައި ޤުރްޢާން ހިތުދަސްކޮށްދޭން ފަށަން ފަސްޖެހެއެވެ. އެފަދަ ބެލެނިވެރިންނަށް ބުނެލަން އޮތީ ޢުމުރާއި ގުޅޭ ގޮތުން ހިތުދަސްކޮށްދޭން މަސައްކަތްފަށާށެވެ. ދަރިފުޅަށް ކުރިއަށްދެވޭމިންވަރަށް ބަލާށެވެ! ބާރަށް ކުރިއަށް ގެންދެވޭނަމަ ބާރަށް ކުރިއަށްގެންދާށެވެ.  

އެކަމަށްވުރެ މުހިންމު މަސައްކަތެއް ނެތެވެ. ކުދިން ކިޔަވަން ބޭނުންވާ، ޝައުޤުވެރިވާ މާއްދާތައް ކިޔަވަން ހިތްވަރުދޭށެވެ. ހަމައެއާއިއެކު ޤުރްއާން އުނގަންނައިދޭންވެސް ގަދައަޅައި މަސައްކަތްކުރާށެވެ. ދަރިފުޅަށް ކޮށްދެވޭނެ އެންމެ ފައިދާހުރި އެއްކަމަކީ ޤުރްއާން އުނގަންނައިދިނުމެވެ. ރިވެތިކޮށް ކިޔަވަންދަސްކޮށްދިނުމެވެ. ކުއްޖާގެ ކިބައިގައި ކުލަދާނަކަންހުރިވަރަކުން ހިތުދަސްކޮށްދިނުމެވެ.  

ޙާފިޡަކަށް ހެދިއްޖެނަމަ އެދެވުނީ އެންމެ މަތީ ދަރަޖައަށެވެ. އެކަމަށްޓަކައި އެކުދިންގެ މައިންބަފައިންނަށްވެސް ޤިޔާމަތް ދުވަހު އުފާވެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ  

ތިރީގައިވާ ވާހަކައިން ޢިބްރަތް ޙާޞިލުކުރާށެވެ!  

އަލްޖީރިއާއަށް ނިޞްބަތްވާ ޢަބްދުއްރަހްމާން ފާރިޙް އަކީ ޢުމުރުން 3 އަހަރުގައި ކީރިތި  ޤުރްއާން ހިތުދަސް ޙާފިޡެކެވެ. އޭނާ ޙާފިޡަކަށްވީ 2014 ވަނަ އަހަރުއެވެ. ވީމާ މިހާރު އޭނާގެ ޢުމުރަކީ 12 އަހަރެވެ. އޭނާ ޙާފިޡަކަށްވިއިރު އޭނާއަކީ ދުނިޔޭގައި ހުރި އެންމެ ހަގު ޙާފިޡްއެވެ.  

ޢަބްދުއްރަހްމާން ފާރިޙް ްުްރއާން ހިތުދަސްކުރަން ފަށާފައިވަނީ ޢުމުރުން އެންމެ 2 އަހަރުގައެވެ. ކުޅި ޚަތިމް ހިތުދަސްކުރަން ނެގީ އެންމެ 1 އަހަރު ދުވަހެވެ.  

މައުލޫމާތު ލިބިފައިވާ ގޮތުގައި ޢަބްދުއްރަހްމާން ފާރިޙް އެންމެ ފުރަތަމަ ހިތުދަސްކުރި ސޫރަތަކީ ކަހްފި ސޫރަތެވެ. އަދި އޭނާގެ މަންމަ ބުނެފައިވަނީ ދަރިފުޅަށް ބަލިވެ އިނދެ ވަރަށް ގިނައިން އެސޫރަތް ކިޔެވިން ކަމަށެވެ.  

ޢަބްދުއްރަހްމާން ފާރިޙް އަކީ ހިތުދަސްކުރުމުގަ ތޫނުފިލި ކުއްޖެއްކަން ފާހަގަކޮށް އަދި އޭނާގެ މަސައްކަތަށް ހިތްވަރުދިނުމުގެ ގޮތުން ދުނިޔޭގެ މަޝްހޫރު ބައެއް ޤާރީން ވަނީ ޢަބްދުއްރަހްމާން ފާރިޙްއަށް ޝަރަފުގެ ސާލު އަރުވައިފައެވެ. އެއިގެ ތެރޭގައި މަސްޖިދުލްއަޤްޞާގެ ޤާރީވެސް ހިމެނިވަޑައިގަންނަވައެވެ.  

ގުޅުންހުރި ލިޔުމެއް:  

https://iqna.ir/fa/news/1384655

މިއަދު އޮންލައިން