އާދައިގެ ފެންވަރުގެ މީހެއް ނަމަވެސް ބިލިއަނަރުން ފެންވަރުގަ އާޚިރަތަށްދާން މަސައްކަތްކުރާ ޢުމުރުން ދުވަސްވީ ދިވެއްސެއްގެ ވާހަކަ- ޢިބްރަތް ޙާޞިލްކުރައްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
އާދައިގެ ފެންވަރުގެ މީހެއް ނަމަވެސް ބިލިއަނަރުން ފެންވަރުގަ އާޚިރަތަށްދާން މަސައްކަތްކުރާ ޢުމުރުން ދުވަސްވީ ދިވެއްސެއްގެ ވާހަކަ- ޢިބްރަތް ޙާޞިލްކުރައްވާ!

އޭނާއަކީ ލަފާކުރެވޭ ގޮތުން ޢުމުރުން 80 އަހަރުވެފައިވާ މީހެކެވެ. އަތްމަތި ތަނަވަސް މަޙުޖަނެއް ނޫނެވެ. އާދައިގެ ފެނަވަރެއްގައި ދިރިއުޅޭ މީހެކެވެ. ނަމަވެސް އޭނާ މަސައްކަތްކުރަނީ ބިލިއަނަރުންގެ ފެނަވަރުގައި އާޚިރަތަށްދާށެވެ. 

ކޮންމެ ދުވަހަކުހެން އޭނާ ވަރަށް އެކަށީގެންވާ ޢަދަދަކަށް ރުފިޔާ އެކިމީހުންނަށް ޞަދަޤާތްކުރެއެވެ. ގިނައިން ޞަދަޤާތްކުރަނީ މިސްކިތަށް ނަމާދަށް އަރައިއުޅޭ މީހުންނަށެވެ. 

މިފައިސާ އޭނާ ހޯދާގޮތަކާއިބެހޭގޮތުން އޭނާގެ ދަރިއަކާއި ސުވާލުކުރުމުން ބުނީ: "ބައްޕަވަނީ އާމްދަނީ ލިބޭނެ ބައެއް ކުދިކުދި ކަންކަންކޮށްފަ! އެކަންކަމުން ލިބޭ އެއްޗަކާއި ޢުމުރުން ދުވަސްވީ މީހުންނަށް ލިބޭ ޕެންޝަނުގެ ފައިސާ ބައްޕައަށްވެސް ލިބޭތީ އެފައިސާއިން ބައްޕަ ޞަދަޤާތްކުރަނީ. އެއްވެސް ދަރިއަކާއި އެކަމަކާ ނުބައްސާނެ." ކަމަށެވެ. 

އަޅުގަނޑު ހިތަށް އެރިއެވެ. "އޭނާއަށް ލިބޭ ފައިސާ އެޖަމާކުރަނީ ހާދަ ފައިދާހުރި އެކައުންޓަކަށެވެ. އިތުރުކޮށްދެއްވަވާނެ ޢަދަދުވެސް ނުއެނގޭ އެކައުންޓަކަށެވެ. ދުނިޔޭގައި އެފައިސާއިން އޭނާގެ ހަށިގަނޑަށް އެއްވެސް ފައިދާއެއް ނުކުރި ނަމަވެސް މަރުވާ ވަޤުތުން ފެށިގެން ހާދަ ބޮޑު ފައިދާއެއް ކުރާނެތާއެވެ.  

އަބަދުވެސް ހެވިފައި ހުންނަ، އެންމެންނާއި އެކުވެރި، އެންމެންނާއި ސަމާސަކުރާ، ކޮންމެ ދުވަހަކުހެން މިސްކިތުން ބައްދަލުވާ އެބޭބެއަށް ﷲ ގެ ރުހިވޮޑިގަތުން މިންވަރުކުރައްވަވާށި! އެބޭބެކުރާ ހެޔޮ ޢަމަލުތައް ޤަބޫލުފުޅު ކުރައްވަވާށި! އާމީން 

މިވާހަކަ ހާމަކިކުރީ މިފަދަ ހެޔޮލަފާ މީހުންގެ ކިބައިން ޢިބްރަތް ޙާޞިލްކޮށް އޭނާފަދައިން އާޚިރަތް ލިބިގަންނަން މަސައްކަތްކުރަން ހިތްވަރުދިނުމުގެ ގޮތުންނެވެ.

މިއަދު އޮންލައިން