ޒަވާޖީ ޙަޔާތުގެ ބައިވެރިޔާއަކީ ބަސްމަދު، މަޑުމައިތިރި މިޒާޖުގެ މީހަކުނަމަ ވިސްނަންޖެހޭނެ އެންމެ މުހިންމު ކަންތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ޒަވާޖީ ޙަޔާތުގެ ބައިވެރިޔާއަކީ ބަސްމަދު، މަޑުމައިތިރި މިޒާޖުގެ މީހަކުނަމަ ވިސްނަންޖެހޭނެ އެންމެ މުހިންމު ކަންތައް-

އަންހެނުންގެ ތެރޭގައިވެސް އަދި ފިރިހެނުންގެ ތެރޭގައިވެސް ބަސްމަދު މީހުން ތިބޭނެއެވެ. މަޑުމައިތިރި މިޒާޖުގެ މީހުން ތިބޭނެއެވެ. މީހެއްގެ ބަސްމަދުވެފައި އަދި މަޑުމައިތިރިވުމަކީ އޭނާއަށް ބޭނުންވާ ކަންކަން މަދުވުން ކަމަށް ހީކޮށްގެން ނުވާނެއެވެ. އަދި ބައިވެރިޔާގެ ކިބައިން ކަންކަން ބޭނުންވާވަރު މަދުވުމުން ކަމަށްވެސް ޤަބޫލުކޮށްގެން ނުވާނެއެވެ.  

މިފަދަ ގިނަ މީހުންނަކީ އެނޫން މީހުންނަށްވުރެ މާބޮޑަށް ބައިވެރިޔާގެ ކިބައިން ކަންކަމަށް ބޭނުންވެގެން ތިބޭ ބައެކެވެ. އެމީހުން އެކަން ދުލުން ހާމަކުރުން މަދުވަނީއެވެ. 

މިއީ މިފަދަ މީހަކާއި ކައިވެނިކޮށްފިނަމަ ކޮންމެ މީހަކުވެސް ވިސްނަން ޖެހޭނެ ކަމެކެވެ. އެފަދަ މީހުންނަށް ދޭ ސަމާލުކަން އިތުރުކުރަންވާނެއެވެ. އަޅައިލުމާއި ލޯބިދިނުން އިތުރުކުރަންވާނެއެވެ. ނަމަވެސް ގިނަ މީހުންނަށް ކަންކަން ކުރެވެނީ އެގޮތަކަށް ނޫނެވެ. އެފަދަ މީހުންނަކީ ކަންކަމަށް މާބޮޑަށް ބޭނުން ނުވާ މީހުން ކަމަށް ވިސްނި ފަރުވާކުޑަކުރެވެނީއެވެ.  

އެގޮތަށް އެކަންތައް ވިއަނުދޭށެވެ. ދެމީހުންގެ ގުޅުން ތާޒާކަންކަންމަތީގައި ދެމިއޮންނާނީ ލޯތްބާއި އަޅައިލުން ދެވުނު ވަރަކުންނެވެ. އެއީ އެންމެންނަށްވެސް އެނގޭކަމެކެވެ. ނަމަވެސް ފަރުވާކުޑަކުރެވެނީއެވެ. ވީމާ މިއީ ވަރަށް ބޮޑަށް ހޭލުންތެރިވާން ޖެހިފައިވާ ކަމެކެވެ.  

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން