ތިބާ އެންމެ ލޯބިވާ، އެންމެ ބޭނުން ބައިވެރިޔާ ނުލިބުން އެއީ ތިބާ ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާތީކަން ޔަޤީންކޮށް އުފާކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ތިބާ އެންމެ ލޯބިވާ، އެންމެ ބޭނުން ބައިވެރިޔާ ނުލިބުން އެއީ ތިބާ ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާތީކަން ޔަޤީންކޮށް އުފާކުރާށެވެ!

ތިމާ އެދޭ ހުރިހާ ކަމެއް ތިމާއެދޭގޮތަށް ވަޤުތުން ޙާޞިލްވުމުން އޮތީ ސުވަރުގޭގައެވެ. މިދުނިޔޭގައި ހަމައެކަކަށްވެސް އެނިޢުމަތެއް ނުލިބޭނެއެވެ. ކިތަންމެ ގިނަ ފައިސާ އަތުގައި ހުރިނަމަވެސް އަދި ކިތަންމެ ބާރާއި ނުފޫޒުގަދަ މީހަކުކަމުގައިވީނަމަވެސްމެއެވެ. 

ދުނިޔަވީ މިޙަޔާތުގައި ބައެއް ފަހަރު ތިމާ ޙާޞިލްކުރަން އެންމެ ބޮޑަށް ބޭނުންވާ ކަންކަން ޙާޞިލުނުކުރެވިދެއެވެ. ތިމާގެ ބައިވެރިއެއްގެ ގޮތުން ލިބެން އެންމެ ބޮޑަށް ބޭނުނަވާ މީހާ ނުވަތަ އެމީހަކު ދެކެ އެންމެ ބޮޑަށް ލޯބިވާ މީހާ ނުލިބިދެއެވެ. މިފަދަ އެތައް ކަންކަމެއް ދުނިޔޭގައި ކުރިމަތިވެއެވެ. އެއްކަމަށްވުރެވެސް ގިނަ ކަންކަންވެސް ޙާޞިލުނުކުރެވިދެއެވެ. 

އެފަދަ ޙާލުގައި މީހާގެ ފިކުރު އިންތިހާއަށް ބޮޑުވެއެވެ. މާޔޫސްވެއެވެ. ދުނިޔޭގެ ދިރިއުޅުންމަތިން ފޫހިވެގެންވެސްދެއެވެ. ނަތީޖާއެއްގެ ގޮތުން ދިރިއުޅުމުގެ ކަންކަމަށް ފަރުވާ ވެސް ކުޑަކުރެވެއެވެ. 

އެކަމުގެ ޙައްލަކީ އެގޮތަށް އެކަންކަން މެދުވެރިވާ ސަބަބަށް ވިސްނައިލުމެވެ. އެގޮތުން ވިސްނައިލާށެވެ. ހިތުގެ އަޑިން ޤަބޫލުކުރާށެވެ! ތިމާއަށް ތިމާ ބޭނުންވި ކަންކަން ނުވަތަ ކަންތައް ޙާޞިލްއެނުކުރެވުނީ އެކަންތައް ޙާޞިލުކުރެވުނުނަމަ ތިބާއަށް ލިބިދާނެ ބޮޑު ދެރައަކުން ނުވަތަ ގެއްލުމަކުން ތިބާ ސަލާމަތްކޮށްދެއްވެވުމަށްޓަކައެވެ. އެކަން ޙާޞިލުކުރެވުމުން ފަހުން އަހަރެމެންނަށް ލިބޭނެ ބޮޑު ގެއްލުން އަހަރެމެންނަށް ނުއެނގުނު ނަމަވެސް ﷲ ތަޢާލާ ދެނެވޮޑިގެންވާތީއެވެ. 

އެންމެ ބޮޑަށް ލޯބިވާ ބައިވެރިޔާ ނުލިބިއްޖެނަމަ ޔަޤީންކުރާށެވެ! ނުލިބުނީ ލިބުމުން ތިބާއަށް ލިބެން އޮތްގެއްލުމާއި ހިތްދަތިކަން ބޮޑުވާނެކަން ﷲ ތަޢާލަ ދެނެވޮޑިގަންނަވާތީއެވެ. އަދި ތިބާ ދެކެ ﷲ ތައާލާ ލޯބިވެވޮޑިގަންނަވާތީއެވެ. 

ޙަޤީޤަތަކީ މިއީކަމަށް ޤަބޫލުކުރާ އެއްވެސް މީހަކަށް އެމީހާ ޙާޞިލުކުރަން ބޭނުންވާ އެއްވެސް ކަމެއް ޙާޞިލުނުކުރެވިގެން މާޔޫސްވެގެން އުޅޭކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން