ޤުރްއާން މުބާރާތްތަކުގައި ކުދިން ބައިވެރިކޮށްގެން އުޅޭއިރުވެސް އަދި އެހެން ބައެއް ގޮތްގޮތުންވެސް އެހެން މީހުންގެ ދަރިން ވަރަށް ރިވެތިކޮށް ކިޔަވާއަޑު އިވޭނެއެވެ. އެޙާލަތުގައި ތިމާގެ ދަރިފުޅުގެ ކިޔެވުމާއި އެކުއްޖާގެ ކިޔެވުމާއި އަޅާކިޔައިވެސްލެވޭނެއެވެ.
އެވަޤުތު ޝައިޠޯނާ ހިތުގެ ތެރެއަށް ވަދެގަންނާނެއެވެ. އެކުއްޖާގެ މައްޗަށް ޙަސަދަ ލައްވަން މަސައްކަތްކުރާނެއެވެ. ވީމާ ރީތިކޮށް ކިޔަވާ ކުއްޖެއްގެ އަޑުއިވުމާއިއެކު މިފަދައިން ކިޔާށެވެ! ޙަސަދަވެރިވުމާއި އެސްފީނާލުމުން ސަލާމަތްވާށެވެ! އެހެންކުދިންނަށް ޙަސަދަލާނަމަ އެކަމުގެ އަސަރު ތިބާގެ ދަރިފުޅަށްވެސް ކޮށްފާނެ ކަމަށް ބިރުވެތިވާށެވެ!
مَا شَاءَ اللهُ لَا قُوَّةَ إِلَّا باِللهِ ކިޔުން-
"އިންސާނާ އޭނާގެ ހިތްކިޔާފަދަ ކަމެއް މެދުވެރިވެއްޖެނަމަ ނުވަތަ ޢަޖައިބު ކުރުވަނިވި ފަދަ ކަމެއް މެދުވެރިވެއްޖެނަމަ، އެކަމަކީ އޭނާގެ އަމިއްލަ މުދަލުން ނުވަތަ ދަރިންގެ ކިބައިން ފެނުނު ކަމެއް ނަމަވެސް، ކިޔުން މަޝްރޫޢު ވެގެންވަނީ ( مَا شَاءَ اللهُ لَا قُوَّةَ إِلَّا باِللهِ ) މިފަދައިންނެވެ."
އެއަށްފަހު ވިސްނައިލާށެވެ. ތިމާގެ ދަރިފުޅަށް މިފަދަ މަތިވެރި ނިޢްމަތެއް ލިބިފައިވީނަމަ ތިބާއަށް ލިބޭނެ ހިތްހަމަޖެހުމެވެ. އުފާވެރިކަމުގެ ބޮޑުކަމެވެ. އަދި ތިބާއަށްވެސް ﷲ ތަޢާލާ ދެއްވަވާނެ މަތިވެރި ދަރަޖައެވެ.
ގުޅުންހުރި ވީޑިއޯ ބައްލަވާލައްވާ!:
ވީދިއޯކޮޅު ނަގާފަ މިއަދު ޔޫޓިޔުބަލަށް ލައިގެން ހަދާނީ
https://www.facebook.com/watch/?v=329168368058399