ތެދުވެރިކަމާއި އަމާނާތްތެރިކަމާ ބެހޭ ވާހަކައެއް:- ވިއްކި ބިމަކުން ރަންތަކެއް ފެނުމުން ވިއްކި މީހާވެސް ގަތްމީހާވެސް ޙަވާލުވާން ބޭނުމެއް ނުވި!

ކިޔުމަށް ހޭދަވާނީ 1މ 19ސ
ތެދުވެރިކަމާއި އަމާނާތްތެރިކަމާ ބެހޭ ވާހަކައެއް:- ވިއްކި ބިމަކުން ރަންތަކެއް ފެނުމުން ވިއްކި މީހާވެސް ގަތްމީހާވެސް ޙަވާލުވާން ބޭނުމެއް ނުވި!

ޢަލީ އިޙްޞާން ފިރާޤް

 

އަލްއިމާމުލް ބުޚާރީ ރިވާކުރައްވައިފައިވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم  ޙަދީޘް ކުރެއްވިކަމަށް އަބޫހުރައިރަތުގެފާނު ވިދާޅުވިއެވެ. އެއްފަހަރަކު މީހަކު ދަނޑު ބިމެއް ގަތެވެ. އޭނާއަށް ދަނޑުބިމުގެ ތެރެއިން ރަންއަޅާފައިވާ ކަންވާރެއް ފެނުނެވެ. ދެން އޭނާ ކަންވާރު ހިފައިގެން ގޮސް ވިއްކި ފަރާތަށް ދައްކައިފައި ބުންޏެވެ. [ތިބާގެ ރަންތައް ތިބާ ގެންދާށެވެ. އެހެނީ އަހަރެން ތިބާގެ އަތުން ގަތީ ހަމައެކަނި ބިމެވެ. ރަންތަކެއް ނުގަންނަމެވެ.] ވިއްކިފަރާތުން ބުންޏެވެ. [ތިމަން އެ ބިން ވިއްކީ އޭގެ ތެރޭގައިވާ ހުރިހާ އެއްޗަކާވެސް އެކުގައެވެ.]

ދެން އޭގެ ދެމީހުން އެ މައްސަލަ ޙައްލުކުރުމަށްޓަކައި މީހެއްގެ ގާތަށް ދިޔައެވެ. އޭނާ އެދެމީހުންނާ ސުވާލުކުރިއެވެ. [ދަރީން އެބަތިބި ހެއްޔެވެ؟] އެތަނުން އެކަކު ޖަވާބު ދިނެވެ. [ތިމަންގެ އަންހެން ކުއްޖަކު ހުރެއެވެ.] އަނެކަކު ބުންޏެވެ. [ތިމަންގެ ފިރިހެން ކުއްޖަކު އެބަހުއްޓެވެ.] އެމީހާ ބުންޏެވެ. [އެހެންވިއްޔާ އެދެކުދީންގެ ކާވެނި ކުރުވާށެވެ. އެ ފައިސާ އެދެކުދީންގެ މައްޗަށް ހޭދަކުރާށެވެ. ދެން ހުރިބައި ޞަދަޤާތް ކުރާށެވެ.]

{ البخاري (ت ٢٥٦)، صحيح البخاري ٣٤٧٢ • [صحيح] • أخرجه البخاري (٣٤٧٢)}

 

މިއަދު އޮންލައިން