ރަސޫލް ޞޢވ ގެ ވަޞިއްޔަތްފުޅުތަކަކީ ﷲ ތަޢާލާގެ ވަޞިއްޔަތްފުޅުކަން ޤުރްއާނުން އެނގެން އޮތްއިރު ސުވަރުގެ އެދޭ މީހާއަށް އޮތީ ޢަމަލުކުރުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 47ސ
ރަސޫލް ޞޢވ ގެ ވަޞިއްޔަތްފުޅުތަކަކީ ﷲ ތަޢާލާގެ ވަޞިއްޔަތްފުޅުކަން ޤުރްއާނުން އެނގެން އޮތްއިރު ސުވަރުގެ އެދޭ މީހާއަށް އޮތީ ޢަމަލުކުރުން-

قُلْ تَعَالَوْ أَتْلُ مَا حَرَّمَ رَبُّكُمْ عَلَيْكُمْۖ أَلاَّ تُشْرِكُواْ بِهِ~ شَيْئًا ۖ وَبِاالْوَالِدَيْنِ إحْسَانًاۖ وَلاَ تَقْتُلُواْأَوْلاَدَكُمْ مِّنْ إِمْلاَقٍۖ نَّحْنُ نَرْزُقُكُمْ وَإيّاهُمْۖ وَلاَ تَقْرَبُواْ الْفَوَاحِشَ مَاظَهَرَ مِنْهَا وَمَا بَطَنَۖ وَلاَ تَقْتُلُواْ النَّفْسَ الَّتِى حَرَّمَ اللهُ إلاَّ بِاْلْحَقِّ، ذَالِكُمْ وَصَّاكُمْ بِهِ~ لَعَلَّكُمْ تَعْقِلُونَ (151)  وَلاَ تَقْرَبُوا مَالَ اْلْيَتِيْمِ إلَّا بِاْلَّتِى هِىَ أَحْسَننُ حَتَّى يَبْلُغَ أَشُدَّهُۖ وَأَوْفُواْ الْكَيْلَ وَلْمِيْزَانَ بَاْلْقِسْطِۖ لَا نُكَلِّفُ  نَفْسًا إِلَّا وُسْعَهَاۖ وَإِذَا قُلْتُمْ فَاْعْدِلُواْ وَلَوْكَانَ ذَاقُرْبَى، وَبِعَهْدِ اللهِ أَوْفُواۖ ذَالِكُمْ وَصَّاكُمْ بِهِ~ لَعَلَّكُمْ تَذَكَّرُونَ (152) وَأَنَّ هَذَا صِرَاطِى  مُسْتَقِيْمًا فَاْتَّبِعُوهُۖ وَلَا تَتَّبِعُواْ السُّبُلَ  فَتَفَرَّقَ بِكُمْ عَن سَبِيْلِهِذَالِكُمْ وَصَّاكُمْ بِهِ~ لَعَلَّكُمْ تَتَّقُونَ (153)(الأنعام: 151- 153) 

މާނައީ: " ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން އަންނާށެވެ. ތިޔަބައިމީހުންގެ މައްޗަށް ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަރާމް ކުރެއްވި ކަންތައްތައް ކިޔައިދެއްވާނަމެވެ. ތިޔަބައިމީހުން އެކަލާނގެ ކިބައަށް އެއްވެސް އެއްޗެއް ޝަރީކުނުކުރާށެވެ. މައިންބަފައިންނަށް ހެޔޮކޮށް ހިތާށެވެ. ފަޤީރުވެދާނެކަމަށް ބިރުން ތިޔަބައިމީހުންގެ ދަރިން ނުމަރާށެވެ. ތިޔަބައިމީހުންނަށާއި، އެދަރިންނަށް ރިޒުޤު ދެއްވަނީ ތިމަން ރަސްކަލާނގެ އެވެ. (ޒިނޭފަދައިން) ފާޙިޝް ކަންތަކާއި ތިޔަބައިމީހުން ކައިރި ވެސް ނުވާށެވެ. އޭގެ ފާޅު ކަންތަކާއި ސިއްރު ކަންތަކާވެސް މެއެވެ. ﷲ ޙުރްމަތްތެރި ކުރައްވާފައިވާ ނަފްސެއް ތިޔަބައިމީހުން ޙައްޤަކާނުލައި ނުމަރާށެވެ. މިކަންތައްތަކަށް އެކަލާނގެ ތިޔަބައިމީހުންނަށް ވަޞިއްޔަތް ކުރެއްވީ ތިޔަބައިމީހުން ވިސްނައި ބުއްދިވެރިވުމަށެވެ.

އެންމެ އެދެވޭ ރަނގަޅުގޮތުން މެނުވީ ތިޔަބައިމީހުން ޔަތީމުކުދީންގެ މުދަލާ ގާތްނުވާށެވެ. އެކުދިން ބޮޑުވެ تصرّف ފުދިއްޖައުމަށްދާންދެން (އެމުދާ ރައްކާތެރިކޮށް ބަލަހައްޓާށެވެ.) ތިޔަބައިމީހުން (ގަނެވިއްކުމުގައި) މިނުމާއި ކިރުން ޢަދްލުވެރިގޮތުގައި ހަމަހަމައަށް ފުއްދާށެވެ. ތިމަން ރަސްކަލާނގެ އެއްވެސް ނަފްސަކަށް ކުޅަދާނަ ވެގެންވާ ވަރަށް މެނުވީ މަސައްކަތެއް ނުޖައްސަވަމެވެ. ތިޔަބައިމީހުން ބަހެއްބުނާނަމަ ގާތްތިމާގެ މީހަކާމެދުގައި ނަމަވެސް ޢަދްލަށް ތެދަށް ބުނާށެވެ. އަދި ﷲ ގެ عهد ތައް ތިޔަބައިމީހުން ފުއްދާށެވެ. އެކަންތައްތަކަށް އެކަލާނގެ ތިޔަބައިމީހުންނަށް وصيّة ކުރެއްވީ ތިޔަބައިމީހުން ހަނދާންކޮށް ނަސޭހަތް ލިބިގަތުމަށެވެ. އަދި މިއީ ތިމަންރަސްކަލާނގެ ތެދު ސީދާ މަގެވެ. އެމަގަށް ތިޔަބައިމީހުން تبع ވާށެވެ. ތިޔަބައިމީހުން (އެހެނިހެން) މަގުމަގަށް تبع ނުވާށެވެ. އޭރުން އެކަލާނގެ ސީދާ މަގުން، ތިޔަބައިމީހުން ވަކިވަކިވެ ބައިބައިވެގެން ހިގައިދާނެއެވެ. މިކަންތައްތަކަށް ތިޔަބައިމީހުންނަށް އެކަލާނގެ وصية ކުރެއްވީ ތިޔަބައިމީހުން تقوى ވެރިވުމަށެވެ. " 

މިއީ ކީރިތި ޤުރްއާނުގެ أنعام ސޫރަތުގެ ތިންއާޔަތެވެ. މިއާޔަތްތަކުގައިވާ އަމުރުތަކާއި ނަހީތައް ވަނީ އަޅުގަނޑުމެންގެ އިސްލާމީ شريعة ގައި އެކަންޏެއްނޫނެވެ. އަދިކިއެއްތޯއެވެ. އެއީ އިސްވެ ދިޔަ އެންމެހައި شريعة ތަކުގައިވާ އަމުރުތަކާއި ނަހީތަކެކެވެ. ދިހަ وصيّة ގެނަމުން (ނުވަތަ ޓެން ކޮމާންޑްމެންޓްސް ގެ ނަމުން) މަޝްހޫރުވެފައިވާ ކަންތައްތަކެކެވެ. ދިހަ وصية  ގެ ގޮތުގައި މިކަންތައް ޚާއްޞަ ކުރެވިފައިވަނީ މިކަންތައް ތަކާ އެއްގޮތަށް ޢަމަލުކުރުމަށް ބާރުއަޅާ ޝައުޤުވެރި ކުރުވުމަށްޓަކައެވެ. 

- ފަޟީލަތުއްޝައިޚް މޫސާ ފަތުޙީގެ ލިޔުއްވުމަކުން

 

މިއަދު އޮންލައިން