ﷲ ގެ އިރާދަފުޅު ހިތުގަ ބޭއްވުމަކުން ނުފުދޭނެކަމާ އިރާދަކުރެއްވިއްޔާއޭ ދުލުން ބުނަންޖެހޭކަން ޤުރްއާނުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 8ސ
ﷲ ގެ އިރާދަފުޅު ހިތުގަ ބޭއްވުމަކުން ނުފުދޭނެކަމާ އިރާދަކުރެއްވިއްޔާއޭ ދުލުން ބުނަންޖެހޭކަން ޤުރްއާނުން-

ވާހަކަދައްކާއިރު އިރާދަކުރެއްވިއްޔާއޭ ކޮންމެހެން ދުލުން ބުނަންޖެހޭނެތޯ؟ އަޅުގަނޑުގެ ހިތުގަ އަބަދުވެސް އެކަން އޮވޭ! ޔަޤީންކޮށްލަން ބޭނުންވަނީ< 

ކިޔުންތެރިޔާއަށް ދަންނަވާލަން އޮތީ ތިރީގައިވާ ލިޔުމުން އެކަން ސާފުވެލައްވާނެ ކަމަށް އުންމީދުކުރަމެވެ. 

ބައެއް މީހުން ކަންކަން ކުރާނެކަމަށް ބުނާއިރު "ﷲ އިރާދަކުރެއްވެވިއްޔާ" ނުލައި ބުނެއެވެ. އެފަދައިން ބުނާ މީހުންނަށް ވިސްނިފައި އޮންނަނީ ހިތުގައި އެބަސް ބޭއްވުމުން ފުދޭނެ ކަމެވެ. ނަމަވެސް އެކަން އޮތީ އެހެނެއް ނޫނެވެ. 

ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައި އޮތީ މިފަދައިންނެވެ. 

(وَلَا تَقُولَنَّ لِشَيْءٍ إِنِّي فَاعِلٌ ذَٰلِكَ غَدًا ﴿٢٣ إِلَّا أَن يَشَاءَ اللَّـهُ ۚ وَاذْكُر رَّبَّكَ إِذَا نَسِيتَ وَقُلْ عَسَىٰ أَن يَهْدِيَنِ رَبِّي لِأَقْرَبَ مِنْ هَـٰذَا رَشَدًا ﴿٢٤  (އަލްކަހްފި: 24) 

މާނައަކީ: "އަދި ކަލޭގެފާނު އެއްވެސްކަމަކާ ދޭތެރޭގައި، ހަމަކަށަވަރުން، ތިމަންކަލޭގެފާނު މާދަމާ އެކަމެއް ކުރައްވާނަމޭ ވިދާޅުނުވާހުށިކަމެވެ! اللَّه އިރާދަކުރެއްވިއްޔާއޭ ވިދާޅުވެފައި މެނުވީއެވެ. އަދި ކަލޭގެފާނު ހަނދުމަފުޅުނެތިއްޖެ ހިނދެއްގައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ހަނދުމަ ކުރައްވާށެވެ! އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާނގެ މިއަށްވުރެ ކައިރި ތެދުމަގަކަށް މިއަޅާއަށް މަގުދައްކަވައިފާށިއެވެ!" 

ވީމާ އެއްވެސް ކަމެއް ކުރާނެކަމަށް ނުވަތަ މީހަކަށް ކަމެއް ކޮށްދޭނެކަމަށް ބުނާއިރުގައިވެސް " ﷲ އިރާދަ ކުރެއްވެވިއްޔާ" ނުލައި ބަސް ނުބުނާށެވެ. ތިމާގެ އަމިއްލަ އިޚްތިޔާރުގައި ކުރެވެން ހުންނަ ކަންކަންވެސް ކުރެވޭނީ އެކަމެއް ކުރުމަށް ﷲ ތަޢާލާ އިރާދަކުރައްވަވައިފިނަމަކަން އަބަދުވެސް ހަނދާންކުރަންވާނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން