ހެޔޮ ޢަމަލުކުރަން ވާދަކުރާއިރު ބަލަންވީ މިޒަމާނުގަ އުޅޭ މީހުންގެ ތެރެއިން ޢަމަލުގަ ތިބާއަށްވުރެ ފަހަތުގައި އުޅޭ މީހުންނަކަށް ނޫން!: ޝައިޚް ޢިމްރާން މުޙައްމަދު ޢަލީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ހެޔޮ ޢަމަލުކުރަން ވާދަކުރާއިރު ބަލަންވީ  މިޒަމާނުގަ އުޅޭ މީހުންގެ ތެރެއިން ޢަމަލުގަ ތިބާއަށްވުރެ ފަހަތުގައި އުޅޭ މީހުންނަކަށް ނޫން!: ޝައިޚް ޢިމްރާން މުޙައްމަދު ޢަލީ

ހެޔޮ ޢަމަލުކުރުމުގައި ވާދަކުރާ އިރު، ތިބާއާ އެއް ޒަމާނެއްގައި އުޅޭ މީހުންގެ ތެރެއިން ޢަމަލުގައި ތިބާއަށްވުރެ ފަހަތުގައި އުޅޭ މީހުންނަށް ނުބަލާށެވެ.  

ހެޔޮ ޢަމަލުކުރުމުގައި ވާދަކުރާ އިރު، ތިބާއާ އެއް ޒަމާނެއްގައި އުޅޭ މީހުންގެ ތެރެއިން ޢަމަލުގައި ތިބާއަށް ވުރެ ފަހަތުގައި އުޅޭ މީހުންނަށް ނުބަލާށެވެ. އަދި ނަބީބޭކަލުންނާއި ޞާލިޙުން އުޅުއްވި ގޮތް އަބަދުވެސް ދިރާސާކުރާށެވެ.  

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿أُولَـٰئِكَ الَّذِينَ هَدَى اللَّـهُ فَبِهُدَاهُمُ اقْتَدِهْ﴾ [الأنعام ٩٠]

މާނައީ: "އެބޭކަލުންނީ، ﷲ ތެދުމަގު ދެއްކެވި ބޭކަލުންނެވެ. ފަހެ އެބޭކަލުންގެ ތެދުމަގަށް ކަލޭގެފާނު ތަބާވެވަޑައިގަންނަވާށެވެ." 

އަދި ޢިލްމުވެރިންނާއި އަޅުވެރިންނާއި ޝަރަފުވެރި ޒުހުދުވެރި ބޭކަލުންގެ ސިޔަރަތު ކިޔާށެވެ. އޭގެ ސަބަބުން ތިބާގެ އީމާންތެރިކަން ތާޒާވާނެކަމަށް އުންމީދުކުރެވެއެވެ. 

[خطوات إلى السعادة لد. عبدالمحسن القاسم (ص: 26)] 

- ޝައިޚް ޢިމްރާން މުޙައްމަދު ޢަލީ

 

 

 

 

މިއަދު އޮންލައިން