ތައުބާވި ދެ ރަސްކަލުން އެދިވަޑައިގަތް ފަދައިން ދެރަސްކަލުންގެ މަރު އެއްފަހަރާ ހިއްޕެވި ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 33ސ
ތައުބާވި ދެ ރަސްކަލުން އެދިވަޑައިގަތް ފަދައިން ދެރަސްކަލުންގެ މަރު އެއްފަހަރާ ހިއްޕެވި ވާހަކަ-

ޢަލީ އިޙްޞާން ފިރާޤް

 

އިބްނު މަސްޢޫދުގެފާނުގެ އަރިހުން އިމާމު އަޙްމަދު ރިވާކުރައްވައިފައިވެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. އިހުޒަމާނުގައި ރަސްކަލަކު އުޅުއްވިއެވެ. އޭނާ ރަސްކަމުގައި ހުންނެވި ދުވަސްވަރުގައި ވިސްނަވަމުން ގެންދެވިއެވެ. މިހުރިހާ ނިޢުމަތްތަކަކާއި ފަސޭހަތައް ކޮންމެވެސް އެއްދުވަހަކު ތިމަންގެ ކިބައިން ފުހެވިގެން ހިނގައިދާނެއެވެ. ރަސްކަމުގެ ކަންތައްތަކާގެން އުޅެން ހަދައިގެން ވެރިރަސްކަލާނގެއަށް އަޅުކަން ކުރުމުން އެއްކިބާ ކޮށްފިއެވެ. މިހެން ވިސްނާވަޑައިގެން އެއްރެއަކު ފިއްލަވައިގެން ރަސްކަމުގެ ދަރުބާރުން ނިކުމެ، އެހެން ރަސްކަލެއްގެ ރަސްކަން ހިނގާ ރަށަކަށް ވަޑައިގެންނެވިއެވެ. 

އޭނާ އެރަށުގެ ގޮނޑުދޮށަށް ފޭބުމުން ފެނިވަޑައިގެންނެވީ ގާއަޅަން އުޅޭ ބަޔެކެވެ. ދެން އެބައިމީހުންނާއެކު އެ މަސައްކަތްކުރެއްވުމުގައި މަސްޣޫލުވެވަޑައިގެން އުޅުއްވަން ފައްޓަވައިފިއެވެ. އެތަނުން ލިބިވަޑައިގަންނަވާ އެއްޗެއް ޚަރަދުކުރައްވައި ދެން ހުރި ބައި ޞަދަޤާތް ކުރައްވަމުން ގެންދެވިއެވެ. އޭނާ މިހެން އުޅުމުގެ ތެރޭގައި އޭނާގެ ދީންވެރިކަމާއި، އަޅުވެރިކަމުގެ ވާހަކަ އެރަށުގެ ރަސްގެފާނުގެ އަރިހުގައި ދެކެވިއްޖެއެވެ. ދެން ރަސްގެފާނު އޭނާއަށް އެ ރަސްގެފާނުގެ އަރިހަށް އައުމަށް ޚަބަރު ފޮނުއްވިއެވެ. ރަސްގެފާނު އެތައް ފަހަރަކު އެދިވަޑައިގަތުމުންވެސް އޭނާ އެރަސްގެފާނުގެ އަރިހަށް ވަޑައެއް ނުގެންނެވިއެވެ. 

ދެން އެންމެފަހުން ރަސްގެފާނު އަހަކަށް ސަވާރުވެވަޑައިގެން އޭނާގެ ގާތަށް ވަޑައިގެންނެވިއެވެ. އޭނާއަށް އެތަން ފެނުމުން ފިލަން ދުއްވައިގަނެވިއްޖެއެވެ. ރަސްގެފާނު އަހުގައި އޭނާ އަތުލެއްވުމަށް އެތައް މޭލަކަށް ދަތުރުކުރެއްއެވެ. އެންމެފަހުން ރަސްގެފާނު ގޮވައިލެއްވިއެވެ. [އޭ ގެ އަޅާއެވެ. ތިބާއަށް ތިމަންރަސްގެފާނުގެ ފަރާތްޕުޅުން އެއްވެސް ބިރުވެރިކަމެއްނެތެވެ.]

މިއަޑު އަހައިފައި އޭނާ ހުއްޓިއްޖެއެވެ. ދެން ރަސްގެފާނު އޭނާއާ އަރާ ހަމަކުރައްވައި ސުވާލުކުރެއްވިއެވެ. [ ކަލެއަށް ރަޙްމަތްލައްވާށިއެވެ. ފަހެތިޔައީ ކާކު ހެއްޔެވެ؟] އޭނާ ދެންނެވިއެވެ. [އަޅުގަނޑަކީ އެވެނިމިވެނި ރަށުގެ ރަސްގެފާނެވެ. ތިމަންގެ ރަސްކަމުގެ ސަބަބުން ތިމަންނާ އަށް އަޅުކަން ކުރުމުން އެއްކިބާ ކުރާކަން ވިސްނިގެން ރަސްކަންދޫކޮށް މިތަނަށް އައީއެވެ. އެއީ ހަމައެކަނި އަށް އަޅުކަން ކުރުމުގެ ބޭނުމުގައެވެ.] 

ރަސްގެފާނު ވިދާޅުވިއެވެ. [ތިބާ ތިޔަކުރި ކަންތަކަށް ތިމަންރަސްގެފާނުވެސް މިހުރީ ވަރަށް ބޭނުންވެފައެވެ.] މިހެން ވިދާޅުވެފައި ރަސްގެފާނު އަހުން ފައިބައިވަޑައިގެން އަހުގެ ލަގަން ދޫކޮށްލެއްވިއެވެ. އެއަށްފަހުން ރަސްގެފާނު އޭނާއާއެކު ވަޑައިގެންނެވިއެވެ. އަދި އޭގެ ދެބޭކަލުން ވަޑައިގެން އަށް އަޅުކަން ކުރައްވަން ފެއްޓެވިއެވެ. އޭގެފަހުން ދެކަލުން ގެ ޙަޟުރަތަށް ދުޢާ ދަންނަވައި އޭގެ ދެކަލުން އެއްފަހަރާ މަރުގެންނެވުމަށް އެދިވަޑައިގެންނެވިއެވެ. ދެން އޭގެ ދެކަލުންގެ މަރުހިއްޕެވިއެވެ. 

މިވާހަކަ ވިދާޅުވެ ދެއްވުމަށްފަހު އިބްނުމަސްޢޫދުގެފާނު ވިދާޅުވެފައިވެއެވެ. ތިމަންކަލޭގެފާނު މިޞްރުގެ رملية ގައި ހުރިނަމަ ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް އެ ދެ ރަސްގެފާނުގެ ޤަބުރުފުޅު ދެއްކެވީމުހެވެ. އެއީ މާތް ރަސޫލާ صلّى اللّـه عليه وسلّم  އެތަން ބަޔާންކޮށް ދެއްވައިފައިވާ ފަދައިންނެވެ.

މިއަދު އޮންލައިން