ގުދުރަތީ ފަރުވާއިން ބޮލުގައި ހަންފޮޅުމަށް ހައްލެއް ހޯދަމާ!

ކިޔުމަށް ހޭދަވާނީ 3މ 1ސ
ގުދުރަތީ ފަރުވާއިން ބޮލުގައި ހަންފޮޅުމަށް ހައްލެއް ހޯދަމާ!

އުންމު ނަވާރު

 

ބޮލުގައި ހަންފޮޅުމަކީ އޭގެ ޒާތުގައި ވަރަށް އުދަނގޫވާ ކަމެކެވެ. ބޮލުގައި ހަންފޮޅުމުން ބޯ ހިރުވާ ކަހާގޮތްވެއެވެ. ބޮލުގައި ހަންފޮޅެން މެދުވެރިވާ ބައެއް ސަބަބުތަކުގެ ތެރޭގައި ޑްރައި ހަންގަޑެއް ލިބިފައި ވުމާއި ކެއުމުގައި ހިމެނާލެވޭ ބައެއް އެއްޗެހީގެ ސަބަބުންނާއި އިސްތަށިގަނޑާއި ހަންގަނޑުގައި ބޭނުން ކުރެވޭ ބައެއް ކޮސްމެޓިކްސްގެ ސަބަބުންނާއި އަދި ހަމުގެ ޙާލަތްތައް ކަމުގައިވާ އެގްޒިމާ ނުވަތަ ސޯރައިސިސް ހިމެނެއެވެ. 

ބޮލުގައި ހަންފޮޅުމަށް ތައްޔާރުކޮށްފައިވާ އެކި ކަހަލަ ޝޭމްޕޫތަކާއި ބޭސްތައް ހުރެއެވެ. މިފަހަރު މި ބަލާލަނީ ބޮލުގައި ހަންފޮޅޭނަމަ ފަސޭހަކަމާއިއެކު ގޭގައި ކުރެވިދާނެ ގުދުރަތީ ފަރުވާއަށެވެ. 

(Lemon grass oil) ކާސިންޖީ ތޮޔޮ

ޒަމާނުއްސުރެން މީހުން ކާސިންޖީ ތެޔޮ ބޭނުންކުރަމުންއައީ ހަޖަމުކުރުމުގެ ނިޒާމަށް ދިމާވާ މައްސަލަތަކަށް ލުޔެއް ހޯދުމަށެވެ. އަދި ލޭގެ ޕްރެޝަރު ދަށްކުރުމުގެ ގޮތުންވެސް މި ތެޔޮ ބޭނުންކޮށް އުޅުނެވެ. 

2015 ވަނަ އަހަރުގައި ކުރެވުނު ކުޑަ ދިރާސާއަކުންވަނީ ކާސިންޖީ ތެލުން ބޮލުގެ ހަން ފޮޅުން ކުޑަ ކޮށްދިނުމަށް އެހީތެރިވެދޭ ކަމަށް ދައްކާފައެވެ. 10 ޕަސެންޓް ލެމަންގްރާސް ތެޔޮ އެކުލެވޭ ހެއާ ޓޮނިކްތަކުން ބޭނުންކުރުމުން، ދެ ހަފުތާ ފަހުންވަނީ ބޮލުގެ ހަންފޮޅުން 81 ޕަސެންޓްއަށް ދަށްކޮށްދީފައެވެ. 

ކާސިންޖީ ތެޔޮ ސީދާ ބޮލުގެ ހަންގަނޑުގައި އުނގުޅުމުން އެލާރގިކްއެއްވުން އެކަށީގެންވެއެވެ. މި ތެޔޮ ބޭނުން ކުރާއިރު ފެނާއި އެއްކޮށްގެން ބޭނުން ކުރެވިދާނެއެވެ. ނުވަތަ ތެލުގެ ދެތިން ތިކި ޝޭމްޕޫއާއި އެއްކޮށްލައިގެންވެސް ބޭނުން ކުރެވިދާނެއެވެ. 

(Aloe Vera gel) އަލޯވެރާ ޖެލް

އަލޯވެރާ ޖެލްއަކީ ހަމުގެ އެކި ކަހަލަ މައްސަލަތަކަށް އާންމުނެގެ މެދުގައި މަޝްހޫރުވެފައިވާ ބާވަތެކެވެ. ތަފާތު އެކި ވައްތަރުގެ ކޮސްމެޓިކްސް ތައްޔާރު ކުރާއިރު އަލޯވެރާ ޖެލް ބޭނުންކޮށް އުޅެއެވެ. އަލޯވެރާ ޖެލްގައި އެލުކެވޭ އެމިނޯ އެސިޑް އަދި އެންޓިއޮކްސިޑެންޓްސްއިން ބޮލުގައި ހަންފޮޅު ކުޑަކޮށްދިނުމަށް އެހީތެރިވެދާނެއެވެ. 

2015 ވަނަ އަހަރު ކުރެވުނު ދިރާސާއަކުން ލަފާކުރާ ގޮތުގައި އެލޯވެރާގެ އެންޓިފަންގަލް އަދި އެންޓިބެކްޓީރިއަލް މާއްދާތަކުގެ ސަބަބުން ޑެންޑްރަފް ހުއްޓުވިދާނެއެވެ. އެފަހުން 2017 ވަނަ އަހަރު 25 މީހުން ބައިވެރިކޮށްގެން ކުރި ކުޑަ ދިރާސާއެއްގެ  ނިންމީ އެލޯވެރާ އެކުލެވޭ އާ ޓޮޕިކަލް ޖެލްއަކީ ސެބޯރައިކް ޑާމަޓައިޓިސް ނަމަކަށް ކިޔާ ޑެންޑްރަފްގެ ވައްތަރަކަށް ފަރުވާ ދިނުމުގައި ވަރަށް ފައިދާހުރި އެއްޗެއް ކަމުގައެވެ. 

ކާށި ތެޔޮ

ކާށި ތެލަކީ އޭގައި ތަފާތު ގިނަ ފައިދާތައް އެކުލެވޭ ތެލެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ކާށި ތެޔޮ ބޭނުން ކުރުމުން ހަންގަނޑު ހައިޑްރޭޝަން ރަނގަޅުކޮށް، ޑްރައިވުން ހުއްޓުވައިދީ އަދި މޮއިސްޗަރައިޒާއެއްގެ ގޮތުގައި ބޭނުންކުރުމުން އިންފްލެމޭޝަން ދަށްކޮށްދެއެވެ. ހަންގަނޑު ޑްރައި ވުމަކީ ހަންފޮޅެން މެދުވެރިވާ އެއް ސަބަބެވެ.

ސަމާލުކަމަށް: މިލިޔުމުގައި ހިމަނާފައިވާ މައުލޫމާތުތަކަކީ އަޅުގަނޑު އެކި ލިޔުންތަކުން ނަގާފައިވާ މައުލޫމާތުތަކެކެވެ. ދިވެހިންނާއި ގުޅޭ އަދި ފަހުމް ވާނެ ގޮތަށް ލިޔެވޭތޯ މަސައްކަތްކުރީމެވެ. އަދި މިއީ ޞިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ދެއްވާ އިރުޝާދުގެ ބަދަލުގައި ބޭނުންކުރުމަށް ލިޔެފައިވާ ލިޔުމެއްނޫންކަމުގައި ދަންނަވަމެވެ.

 

ލިޔުނީ: އުންމު ނަވާރު

 

 

މައުލޫމާތު ނެގީ

Ajmera, R. 10 home remedies to get rid of Dandruff, Healthline. Available at: https://www.healthline.com/nutrition/ways-to-treat-dandruff.

Eske, J. (2019) 10 ways to get rid of Dandruff naturally, Medical News Today. Available at: https://www.medicalnewstoday.com/articles/324756.

 

 

 

 

 

 

 

މިއަދު އޮންލައިން