ޤުރްއާން ކިޔަވައިގެން އޭރިޕޯޓެއް ލިބޭނެ މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ޤުރްއާން ކިޔަވައިގެން އޭރިޕޯޓެއް ލިބޭނެ މަގު-

ދާދި އަވަހަށް މިއަަހރުގެ ރަމަޟާންމަސްވެސް އަހުރެމެންނާއި ބައްދަލުކުރާނެއެވެ. އަހުރެމެން ދުނިޔޭގައި ނެތަސް ތިބިބައަކާއި ބައްދަލުކުރާނެއެވެ. ވީމާ މިހާރުންސުރެ ވިސްނަންޖެހޭ ކަމެއް ކުރިއާލައި ހަނދާންކޮށްލައިދޭނަމެވެ. 

ރަމަޟާން މަސް ފެށުމާއިއެކު ގިނަ ބައަކު ޤުރްއާންކިޔެވުން ގިނަކުރެއެވެ. ގިނަ ބައަކު ކޮންމެ 10 ދުވަހަކުން ޚަޠިމެއް ކުރެއެވެ. އެއިގެ މާނައަކީ މަސްނިމޭއިރު 3 ޚަޠިމް ކުރެވުމެވެ. އެކަން ކުރެވުމުން އެމީހުން ހީކުރަނީ އެމީހުންނަށް އޭރިޕޯޓެއް ޙާޞިލްކުރެވުނީ ކަމަށެވެ. 

އަހުރެން ބުނާނީ އެވަރަކުން އަދި އޭރިޕޯޓެއް ޙާޞިލް ނުކުރެވޭނެ ކަމަށެވެ. އޭރިޕޯޓެއް ޙާޞިލްކުރެވޭނީ ކިޔެވިކިޔެވުމުން ތިމާއަށް ފައިދާއެއް ކުރިނަމައެވެ. ކަންތައްތަކެއް އެނގުނު ނަމައެވެ. ދިރިއުޅުމަށް ބަދަލުތަކެއް ގެނެވުނުނަމައެވެ. ތަޤްވާވެރިކަން އިތުރުކުރެވުނު ނަމައެވެ. އެހެން ނޫންނަމަ އޭރިޕޯޓެއް ލިބުނު ކަމަކަށް ނުވާނެއެވެ. 

މިބަޔާންކުރި ކަންކަން ޙާޞިލްކުރެވޭނީ މާނަ ކިޔައިގެންނެވެ. ތަފްސީރުވެސް ކިޔައިގެންނެވެ. 

ކީރިތި ޤުރްއާނަކީ އަހުރެމެންނަށް ހިދާޔަތުގެ މަގުދައްކައިދޭ އެންމެ އަލިގަދަ ދަންމަރެވެ. ވީމާ މިބުނި މަގުން ޤުރްއާން ކިޔަވާށެވެ. އަދި ހިދާޔަތު ދައްކަވައިދެއްވެވުން އެދިގެން ދުޢާކުރާށެވެ. އެމީހަކަށް ތައުފީޤް ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- ޑރ. ޝައިޚާ ހައިފާ ޔޫނިސްގެ ދަރުސަކުން 

މިއަދު އޮންލައިން