ޢާއިޝަތު ރަފާޙް ޢަލީ
މުލްކު ސޫރަތުގައިވާ މައިގަނޑު ވާހަކަތައް 5
. ﷲ އަށް ކިޔަމަންތެރި އަޅުންގެ ވާހަކަ :
ﷲ ތަޢާލާ މުލްކު ސޫރަތުގެ 12 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
إِنَّ الَّذِينَ يَخْشَوْنَ رَبَّهُم بِالْغَيْبِ لَهُم مَّغْفِرَةٌ وَأَجْرٌ كَبِيرٌ ﴿١٢﴾
މާނައީ: "ހަމަކަށަވަރުން، ނުފެންނަތާނގައި އެއުރެންގެ ވެރިރަސްކަލާނގެއަށް ބިރުވެތިވާމީހުން (ދަންނާށެވެ!) ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަ، އެމީހުންނަށް ހުށްޓެވެ. (12)"
ﷲ އަށް ކިޔަމަންތެރި އަޅެއް ނަމަ ޢައިބުގައިވާ އެކަލާނގެ އަޛާބު ނުފެންނައިރުވެސް އެކަލާނގެއަށް ސިއްރާއި ފާޅުގައި ބިރުވެތިވެއެވެ. ނުބައި ކަންކަމުން ދުރުވެގެން ތިބެއެވެ. އެކަމުގެ ޖަޒާއަކަށް އެބައިމީހުންނަށް ސުވަރުގެ ލިބިގެންދެއެވެ.