ދަމު ނަމާދުކުރަން ފަށަން ބޭނުންވަނީހެއްޔެވެ؟ މިމަގުން މަސައްކަތްކުރީމާ ވަރަށް ފަށޭހަވާނެ! އިން ޝާ ﷲ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ދަމު ނަމާދުކުރަން ފަށަން ބޭނުންވަނީހެއްޔެވެ؟ މިމަގުން މަސައްކަތްކުރީމާ ވަރަށް ފަށޭހަވާނެ! އިން ޝާ ﷲ: މުފްތީ މެންކް

ދަމުނަމާދަކީ ކުރަން ފަށައިގަންނަން އެހައިފަސޭހަ ނަމާދަކަށް ނުވެދާނެއެވެ. އެއީ ނިދީން ހޭލަން އުނދަގޫވާނެތީއެވެ. ނަމަވެސް ދަމުނަމާދުކުރަން ޝައުޤުވެރިވެ ހޭލަން މަސައްކަތްކުރަން ފެށުމުން އެއީ އުނދަގޫ ކަމެއް ނޫނެވެ. އަބަދުވެސް ބުނާފަދައިން ބޭނުންވަނީ ހިތްވަރެކެވެ.

ދަމުނަމާދު ނުކުރާ މީހަކު އަލަށް ކުރަން ފަށަން އުޅޭއިރު ކުރިމަތިވާނެ ބައެއް އުނދަގޫތައް ހުރެދާނެއެވެ. ރޭގަނޑުން ބައެއްގައި ހޭލާ އުޅެފިނަމަ ދެން ވެދާނެ ގޮތަކާއިމެދު ކަންބޮޑުވެދާނެއެވެ. ޚާއްޞަކޮށް ހެނދުނު ވަޒީފާއަށްދާނަމަ ކަންބޮޑުވުން އިތުރު ހުރަހަކަށްވެސް ވެދާނެއެވެ.

ގިނަ ބައަކު ދަމުނަމާދުކުރަން ފަށަން ބޭނުންވެއެވެ. ނަމަވެސް ކަންކަން ހުންނަ ގޮތުން ނުހޭލެވެނީއެވެ. ހެނދުނު މަސައްކަތު ދާން ގަޑިއަށް ނުހޭލެވިދާނެތީ ބިރުން ރޭ ގަނޑުން ބައެއް ހޭދަކޮށްލަން ޖެހިލުންވަނީއެވެ.

އެފަދަ މީހުންނަށް ބުނަން އޮތީ ހަފްތާ ބަންދެއްގައި ދަމުނަމާދުކުރަން ފަށާށެވެ! އެއިރުން މަސައްކަތު ދާން ނުޖެހޭ 2 ދުވަސް ލިބޭނެއެވެ. އެ 2 ރޭ އިޚްލާޞްތެރިކަމާއިއެކު ދަމުނަމާދުކޮށްފިނަމަ 3 ވަނަ ރޭ ދަމު ނަމާދަށް ނުހޭލައި ނިދަން ނުވެސް އޮވެވޭނެއެވެ. އެހެނީ އެއްވެސް މީހަކު އިޚްލާޞްތެރިކަމާއިއެކު އަޅުކަމެއް ކުރަން ފަށައިފިނަމަ ﷲ ތަޢާލާ އެކަމެއް އެމީހަކަށް ހިންމަވައި ދެއްވަވާނެތެވެ!

ދަމުނަމާދަކ ސުންނަތް ނަމާދުތަކުގެ ތެރެއިން އެންމެ އިތުރުކަންބޮޑު ނަމާދެވެ. އަދި ކީއްހެއްޔެވެ؟ އެއީ ތިމާ އާއި ﷲ ތަޢާލާ އާއި ގުޅުވައިދޭ ފާލަމެކެވެ. އެފާލަން ހުރަސްކުރަން މީހުންނަށް ﷲ ތަޢާލާ އެކަމަށް މަގުފަހިކޮށް ދެއްވަވާނެތެވެ.

އީމާންކަމުގެ ހަޤީޤީ އުފާވެރިކަން ޙާޞިލުކުރެވޭނީވެސް ދަމުނަމާދުކޮށްގެންނެވެ. އެހެން މިބުނަނީ ދަމުނަމާދުކުރަން ފެށުމުން އެމީހެއްގެ ހިތުގައި އީމާންކަން ވަރުގަދަވާނެތީއެވެ. ﷲ ތަޢާލާ އާއި ތިމާ އާއި އޮންނަ ގުޅުން ބަދަހިވާކަން އިޙްޞާޞްކުރެވޭނެތީއެވެ. އެކަމުން ލިބޭ ހިތްހަމަޖެހުމުގެ ބޮޑުކަން އެނގޭނީ ހަމަ ދަމުނަމާދުކުރާ މީހުންނަށެވެ.

--މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން