ތަނަވަސްކަންވިޔަސް މަތީ މަޤާމެއްވިޔަސް ﷲ ދެއްވެވުމުން އަނބިދަރިންނަށް އެހީތެރިވުން އިތުރުނުކުރިނަމަ އެކަންވާނީ ދެއްވެވި ޢަޛާބަކަށް! ފަހުން ކަރުނައަޅަންޖެހޭނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ތަނަވަސްކަންވިޔަސް މަތީ މަޤާމެއްވިޔަސް ﷲ ދެއްވެވުމުން އަނބިދަރިންނަށް އެހީތެރިވުން އިތުރުނުކުރިނަމަ އެކަންވާނީ ދެއްވެވި ޢަޛާބަކަށް! ފަހުން ކަރުނައަޅަންޖެހޭނެ!: މުފްތީ މެންކް

ﷲ ތަޢާލާ ކޮންމެ މީހަކަށްވެސް ނިޢުމަތްތައް ދެއްވަވަތެވެ. އެހިސާބުން އެމީހަކު ހުންނަނީ ވަރަށް އުފަލުންނެވެ. ނަމަވެސް އުފާކުރުން އޮތީ ދެއްވެވި ނިޢުމަތުގެ ބޭނުން ހެޔޮގޮތުގައި ހިފިއްޖެނަމައެވެ. ނުހިފިއްޖެނަމަ އެކަން ބަދަލުވެގެންދާނީ ދެއްވެވި ޢަޛާބަކަށެވެ. އެކަމުގައި މީސްތަކުންނަށްވަނީ އިޚްތިޔާރު ދެއްވަވައިފައެވެ.  

މިޘާލަކަށް މީހަކަށް ﷲ ތަޢާލާ ތަނަވަސްކަން ދެއްވެވީއެވެ. މަތީ މަޤާމެއް ދެއްވެވީއެވެ. އެހިސާބުން އެމީހެއްގެ އަނބިދަރިންނަށް، މައިންބަފައިންނަށް އަދި ޢާއިލާގެ މީހުންނަށްވެސް އެހީތެރިކަން ފޯރުކޮށްދިނުން އިތުރުނުކުރިނަމަ އަދި ޝުކުރުވެރިވެ ﷲ ތަޢާލާ އާއި އިތުރަށް ކުއްތަންވުމަށް މަސައްކަތް ނުކުރެވުނު ނަމަ އެކަންވާނީ ދެއްވެވި ޢަޛާބަކަށެވެ. އެކަމާއި ހިތާމަކޮށް ފަހުން ކަރުނައަޅަންޖެހޭނެއެވެ.  

މީސްތަކުންނޭވެ! ﷲ ތަޢާލާ ތިބާއަށް ނިޢުމަތެއް ދެއްވަވައިފިނަމަ ފުރަތަމަ ކަމަކަށްވެސް ﷲ ތަޢާލާ އާއި ކުއްތަންވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ. ހެޔޮކޮށް ހިތަންޖެހޭ މީހުންނަށް ހެޔޮކޮށް ހިތުންވެސް ހިމެނިގެންވަނީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ޢަމަލުތަކުގެ ތެރެއިންނެވެ. ވީމާ އެކަމުގެ ސަބަބުންވެސް ދާނީ ﷲ ތަޢާލާ އާއި ކުއްތަންވުން އިތުރުވަމުންނެވެ. ހަމައެޢާއިއެކު ހެޔޮކޮށް ހިތަންޖެހޭ މީހުންނަށް ހެޔޮށް ނުހިތައި އެމީހުންގެ ހިތުގައި ޖެއްސުމަކީ ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ ކަމެކެވެ. އެފަދަ ކަންކަން ކުރާނަމަ އެމީހަކަށް ﷲ ތަޢާލާގެ ލަޢްނަތް، ކޯފާ ޙައްޤުވާނެއެވެ.  

މީސްތަކުންނޭވެ! ހަމައެފަދައިން މިކަމަށްވެސް ވިސްނާށެވެ! ﷲ ތަޢާލާ ތިބާއަށް ދެރަގޮތެއް މިންވަރުކުރެއްވެވީއެވެ. ދަތިޙާލަތެއް ކުރިމަތިކުރެއްވެވީއެވެ. ކަންބޮޑުވާންޖެހޭނެ ކަންތައްތަކެއް ކުރިމަތިކުރެއްވެވީއެވެ. އެއިރުން ވިސްނޭނީ މުޞީބާތެއް ކުރިމަތިކުރެއްވެވީ ކަމަށެވެ. ނަމަވެސް އެކަމުގެ ސަބަބުން ތިބާއަށް ﷲ އާއި އިތުރަށް ކުއްތަންވެވިއްޖެ ނަމަ ނުވަތަ ކުއްތަންވުމަށް މަސައްކަތްކުރެވޭނަމަ އެކަންވާނީ ދެއްވެވި ނިޢުމަތަކަށެވެ. ލެއްވެވި ރަޙްމަތަކަށެވެ.  

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން