މުލްކު ސޫރަތުގައިވާ މައިގަނޑު ވާހަކަތައް 6

ކިޔުމަށް ހޭދަވާނީ 1މ 41ސ
މުލްކު ސޫރަތުގައިވާ މައިގަނޑު ވާހަކަތައް 6

ޢާއިޝަތު ރަފާޙް ޢަލީ

 

· ކާފިރުން އެމީހުންގެ ނަފްސުތަކަށް އިޢްތިރާފްވާނެ 

ﷲ ތަޢާލާ މުލްކު ސޫރަތުގެ 11 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

فَاعْتَرَفُوا بِذَنبِهِمْ فَسُحْقًا لِّأَصْحَابِ السَّعِيرِ ﴿١١﴾‏

މާނައީ: "ފަހެ، އެއުރެން، އެއުރެންގެ ފާފަތަކަށް اعتراف ވާނެތެވެ. ފަހެ، ނަރަކައިގެ أهل ވެރިންނަށް رحمة ން ދުރުކުރެއްވުން ހުށްޓެވެ. (11)" 

މުލްކު ސޫރަތާއި ޤަލަމް ސޫރަތާއި ހުރި ގުޅުން: 

ﷲ ތަަޢާލާ މުލްކު ސޫރަތުގެ އެންމެ ފަހު އާޔަތްތަކުގައި މުޝްރިކުންނަށް އިންޒާރު ދެއްވާފައިވެއެވެ. އެއީ ބިމުގެ ފެންފަށަލަ ހިނދިއްޖެނަމަ ނުވަތަ ގޮއްސިނަަމަ އެނިޢުމަތް އަނބުރާ އެހެން އެއްވެސް ފަރާތަކަށް ނުގެނެވޭނެކަމެވެ. ދެން ޤަލަމް ސޫރަތުގައި ބަޔާން ކުރައްވަނީ ބަގީޗާގެ އަހުލުވެރީންގެ ވާހަކައެވެ. އެމީހުން ބަގީޗާއަށް މޭވާތައް ބިނުމަށް ދިޔައިރު ބަގީޗާ އެއްކޮށް އަނދާ ހުލިވެފައިވާ ވާހަކައެވެ. 

މީގެ އިތުރުން މުލްކު ސޫރަތުގައި ﷲ ތަޢާލާގެ ޤުދުރަތްތެރިކަމާއި ޢިލްމުފުޅުގެ ވާހަކަ ބަޔާން ކޮށްދެއްވާފައިވެއެވެ. އެގޮތުން މީސްތަކުން އަލުން ދިރުއްވާނެ ކަމުގެ ވާހަކައާއި، މުޝްރިކުންނަށް ދުނިޔެއާއި އާޚިރަތުގައި ހުރި ޢަޛާބުގެ ވާހަކައާއި، ﷲ ސުބްހާނަހޫ ވަތަޢާލާ ފިޔަވާ އެހެން އެއްވެސް ފަރާތަކަށް އަޅުކަން ނުކުރުމަށާއި، ރަސޫލާ މުޙައްމަދު ޞައްލަ ﷲ އަލައިހި ވަސައްލަމް ގެ ރަސޫލުކަށް ޘާބިތު ކުރެއްވުން ފަދަ ވާހަކަތައް ހިމަނުއްވާފައިވެއެވެ. 

އަދި ޤަލަމް ސޫރަތުގައި ބަޔާން ކޮށްދެއްވާފައިވަނީ ކީރިތި ރަސޫލާ މުހައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް އާއި ބެހޭގޮތުން އެމީހުން ދައްކަމުން ގެންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމާއި، އެކަމަށް ރައްދު ދެއްވާފައެވެ.

މިއަދު އޮންލައިން