މިއަދު ފިނިކޮށްގެންނާ އެމީހަކު ބޯނެގޮތަކަށް ބޯނެވަރަކަށް ފެންބުއި ނަމަވެސް ތިބާއަށް ފެންތިކެއް ޙަރާމްވާނެ ވަގުތަށް ބިރުވެތިވާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 5ސ
މިއަދު ފިނިކޮށްގެންނާ އެމީހަކު ބޯނެގޮތަކަށް ބޯނެވަރަކަށް ފެންބުއި ނަމަވެސް ތިބާއަށް ފެންތިކެއް ޙަރާމްވާނެ ވަގުތަށް ބިރުވެތިވާށެވެ!: މުފްތީ މެންކް

ތިބާ ފެންތިއްކަކަށް އެދި ސަލާންކަހާނެ ޙާލަތު އަންނާނެއެވެ. ނަމަވެސް ތިބާއަކަށް ނުލިބޭނެއެވެ. ކިއްވެގެން ހެއްޔެވެ؟ 

وَنَادَىٰ أَصْحَابُ النَّارِ أَصْحَابَ الْجَنَّةِ أَنْ أَفِيضُوا عَلَيْنَا مِنَ الْمَاءِ أَوْ مِمَّا رَزَقَكُمُ اللَّهُ ۚ قَالُوا إِنَّ اللَّهَ حَرَّمَهُمَا عَلَى الْكَافِرِينَ﴿50﴾

"ނަރަކައިގެ އަހުލުވެރިން، ސުވަރުގޭގެ އަހުލުވެރިންނަށް ގޮވައި ބުނާނެތެވެ. ތިމަންމެންނަށް ފެންފޮދަކުން، ނުވަތަ ﷲ، ތިޔަބައިމީހުންނަށް ރިޒްޤް ކުރެއްވެވި އެއްޗަކުން އެހީވާށެވެ! އެއުރެން ބުނާނެތެވެ. އެތަކެތި ވަނީ، ކާފިރުވި މީހުންނަށް ﷲ، ޙަރާމްކުރައްވާފައެވެ." (އަލްއަޢްރާފް: 50)"

އެކަމުގެ ސަބަބުވެސް ވަނީ ވަޙީކުރައްވަވައިފައެވެ.

وَلَا تَكُونُوا كَالَّذِينَ نَسُوا اللَّهَ فَأَنسَاهُمْ أَنفُسَهُمْ ۚ أُولَٰئِكَ هُمُ الْفَاسِقُونَ

"އަދި ﷲ ހަނދުމަ ނައްތައިލި މީހުން ފަދައިން ތިޔަބައިމީހުން ނުވާށެވެ! ފަހެ، އެކަލާނގެ އެއުރެންގެ އަމިއްލަ ނަފްސްތައް ހަނދުމަނެތިކޮށްލެއްވިއެވެ. އެއުރެންނީ، ހަމަ ފާސިޤުންނެވެ." )އަލް ޙަޝްރު: 19)  

الَّذِينَ اتَّخَذُوا دِينَهُمْ لَهْوًا وَلَعِبًا وَغَرَّتْهُمُ الْحَيَاةُ الدُّنْيَا ۚ فَالْيَوْمَ نَنسَاهُمْ كَمَا نَسُوا لِقَاءَ يَوْمِهِمْ هَٰذَا وَمَا كَانُوا بِآيَاتِنَا يَجْحَدُونَ

އެއުރެންނީ، އެއުރެންގެ ދީން، ފޫހިފިލުވުމެއް ކަމުގައްޔާއި، ކުޅިވަރެއް ކަމުގައި ހަދައި، ދުނިޔޭގެ ދިރިއުޅުން އެއުރެން ހެއްލުންތެރިކޮށްފައިވާ މީހުންނެވެ. ފަހެ، އެއުރެން މިދުވަހާ ބައްދަލުވާނެކަން ހަނދާން ނައްތާލި ފަދައިން، އަދި ތިމަންރަސްކަލާނގެ އާޔަތްތަކާ ދެކޮޅު ހަދައި އުޅުނުކަމަށްޓަކައި އަދު ތިމަންރަސްކަލާނގެ އެއުރެންގެ މަތީން ހަނދުމަނެތި ކުރައްވާ ހުށީމެވެ." (އަލްއަޢްރާފް: 51)

ވީމާ އަހަރެމެންނަށް އޮތީ އެކަމަށްޓަކައި މިއަދު ބިރުވެތިވުމެވެ. ﷲ ތައާލާގެ އަމުރުފުޅުތައް ހަނދާން ނައްތާލައި އަމުރުފުޅުތަކަށް ޣާފިލުވެ ނުކިޔަމަންތެރިވެ އެމީހަކު އުޅެން ބޭނުންވާހައި ގޮތަކަށް އުޅެމުންދާއިރު މިފަދަ އާޔަތްތަކަށް ވިސްނައިލާށެވެ!

މިދެއްކެނީ ކުޑަކުޑަ ވާހަކައެއް ނޫނެވެ. އެންމެ ފެންތިއްކަކަށް އެދިގެން ސަލާން ޖަހަން ޖެހޭނެ ކަމާއި ސަލާންޖެހިނަމަވެސް އެންމެ ފެންތިއްކެއްވެސް ނުލިބޭނެ ކަމުގެ ވާހަކައެވެ. ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވުމުންނެވެ.

ނަރަކައިގެ އަހުލުވެރިންނަށް ބޯން ލިބޭނީ ހަމަ ހަމަ ހޫނުކަން ގަދަވެގެންވާ ކެކިކެކިހުންނަ ފާދިޔައާއި ދޮހެވެ. މޫނާއި ކައިރިކޮށްލުމުން ހޫނުގަދަވެ މޫނުގެ މަސްތައް ވރިގެން ފައިބާނެއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން