ތިބާޢާމެދު ދޮގުވާހަކަތައް ފަތުރާނަމަ، ދޮގު އިލްޒާމް އަޅުވާނަމަ އޮތީ ދެރަވެ ހިތާމަކުރުމެއް ނޫން! އުފާކުރުން! އެއީ ތިބާ ކުރި މަސައްކަތަކާ ނުލާ ލިބޭ ޘަވާބް ފުނިވަރެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ތިބާޢާމެދު ދޮގުވާހަކަތައް ފަތުރާނަމަ، ދޮގު އިލްޒާމް އަޅުވާނަމަ އޮތީ ދެރަވެ ހިތާމަކުރުމެއް ނޫން! އުފާކުރުން! އެއީ ތިބާ ކުރި މަސައްކަތަކާ ނުލާ ލިބޭ ޘަވާބް ފުނިވަރެއް!: މުފްތީ މެންކް

މީހުން ތިބާ ނެތް ތަންތަނުގައާއި ތިބާގެ ކުރިމަތީގައި އަދި ސިއްރުންވިޔަސް ތިބާގެ ނުބައިވާހަކަތައްކާނަމަ، އެމީހުން އެދައްކަނީ ދޮގު ވާހަކަތަކެއް ނަމަވެސް ގިނަބައަކަށް ކަންބޮޑުވެވޭނެއެވެ. އަދި ކަންބޮޑުނުވާން މަސައްކަތްކުރިނަމަވެސް ގިނަ ބައަކަށް އެކަން ވާނީ ކުރަން ވަރަށް އުނދަގޫކަމަކަށެވެ.

އެފަދަ މީހުންނަށް ބުނެލަން އޮތީ ކަންބޮޑުނުވެ ހުރެވޭނެ މަގު ޤުރްއާނުން ފެންނަން އެބައޮތެވެ. އެއީ އެމީހުން އެކަން ކުރާތީ ﷲ ތަޢާލާއަށް ޙަމްދުކުރުމެވެ. ޝުކުރުވެރިވުމެވެ.

އެމީޙުން ކިތަންމެ ސިއްރުން ތިބާގެ ދޮގުވާހަކަތައް ދެއްކި ކަމުގައިވިޔަސް ﷲ ތަޢާލާ ދެނެވޮޑިގެންވެތެވެ. ﷲ ތަޢާލާއަށް ސިއްރެއް ނުކުރެވޭނެއެވެ. އަދި އެމީހުން ކުރާ ކޮންމެކަމަކާއި ދައްކާ ހުރިހާ ވާހަކަތަކެއް ލިޔުއްވަވަން ތިއްބަވާ މަލާއިކަތުންނަކަށްވެސް ސިއްރެއް ނުކުރެވޭނެތެވެ. އެބޭކަލުން ގެންދަވާނީ ލިޔުއްވަމުންނެވެ.

ނަތީޖާއަކީ ޚޮބައިކަމަށް ހެއްޔެވެ؟ އެފަދަ ކަންކަން ކުރާ މީހާގެ ޢަމަލުތައް އެދަނީ ފާފައިގެ ކޮޅަށް ބަރުވަމުންނެވެ. ތިބާގެ ހެޔޮކަމުގެ ކޮޅަށް އެދަނީ ބުރަވަމުންނެވެ.

ދެން ނިކަން ބުނެބަލާށެވެ! އެކަމަށް އޮތީ ﷲ ތަޢާލާއަށް ޝުކުރުވެރިވުމާއި އުފާކުރުން ނޫންހެއްޔެވެ؟ އެމީހަކު ނުވަތަ އެބައަކު ކުރާ ކަމަކުން ތިބާގެ ހެޔޮކަމުގެ ކޮޅަށް ބުރަވާނަމަ އެކަމުން ތިބާއަށް ލިބޭނީ ކޮންފަދަ ބޮޑު ފައިދާތަކެއް ހެއްޔެވެ؟

އަހުރެންގެ ނަޞޭޙަތަކީ މީހަކު ތިބާއާއިމެދު ނުބައިބަސްބުނެ ދޮގުވާހަކަދައްކައި، ފަޟީޙަތްކުރަން މަސައްކަތްކުރާނަމަ ﷲ ތަޢާލާއަށް ޙަމްދުކޮށް ޝުކުރުކުރުމެވެ. އަދި އަޅައިވެސްނުލައި އުފާކުރުންމަތީގައި ހުރުމެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން